ޚަބަރު

މީދޫ ބަނދަރު ބޮޑު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


އައްޑޫސިޓީ މީދޫ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީ އާއި ޙަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އީއައިއޭ ހެދުމަށް ފަހު ކަމަށް އެކުންފުނިން ބުނެއެވެ. އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ އީއައިއޭ މިިދިޔަ މަހު 26 ގައި ބަލައިގެންފައިވާ ކަމަށެވެ. އަދި މިމަޝްރޫޢުގެ %10 މިހާތަނަށް ނިމިފައިވާ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

މިމަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ ފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައިއެވެ. މީދޫ ބަންދަރު 57,996 މީޓަރު ފުން ކޮށް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 2480 މީޓަރުގެ ހާބަރ ޕޭވްމެންޓެއް އެޅުމާއި، 115 މީޓަރު ބަނދަރު ތޮށިލުން ހިމެނެއެވެ. މިއީ 35,436,107.38ރ އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އައްޑޫސިޓީ މީދޫ ބަނދަރަކީ މިހާރު ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައިވާ ބަނދަރަކެވެ. އެގޮތުން ބަނދަރުގެ އެކި ހިސާބުން ހަލާކުވެފައި ހުރުމުން އެބަނދަރަށް ބޯޓުތަށް ލެފުން ވަނީ ވަރަށް ބޮޑަށް އުނދަގޫކަމަކަށް ވެފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ފަހަރު ސަރަހައްދުން ރަށުތެރެއަށް ލޮނުވެސް އަރައެވެ.