ޚަބަރު

ޖަޕާނަށް އެރި ތޫފާނަށްފަހު މީހުން ސަލާމަތްކުރުމާއި ސާފުކުރުމުގެ މަސައްކަތް ފަށައިފި


ޖަޕާނަށް އެރި ތޫފާނު ހަގިބިސްގައި ލިބުނު ގެއްލުންތަކަށްފަހު މީހުން ސަލާމަތްކުރުމާއި ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ފިނި ވަޔާއެކު ވެހޭވާރޭގެ ސަބަބުން އިތުރަށް ފިނި ގަދަވަމުންދާތީ ރައްކާތެރި މަރުކަޒުތަކަށް ގެންދެވުނު މީހުން ތިބީ ކަންބޮޑުވެފައެވެ.

ޖަޕާނުގެ މެދުތެރެއާއި އިތުމައްޗަށް އެރި ތޫފާނުގައި ގެއްލުން ލިބުނު ހިސާބުތަކުން 40 މީހުން މަރުވެ 16 މީހުންވަނީ ގެއްލިފައެވެ. ޖަޕާނުގެ ޚަބަރު ފަތުރާ އެންއެޗްކޭއިން ބުނެފައިވަނީ މިހާތަނަށް 189 މީހުން ޒަޚަމްވެފައިވާކަން އެނގިފައިވާކަމަށެވެ.

ހޮންޝޫގައިވާ ޗިކުމާ ކޯރުގެ ފެންގަނޑު ފުރިގެން ބަންޑުންވުމުގެ ސަބަބުން އެތަކެއް ހިސާބުގައިވަނީ ފެންބޮޑުވެފައެވެ. ނަގާނޯގައި ގެއްލުނު މީހުން ހޯދާ، ސަލާމަތްކުރުމަށް ހެލިކޮޕްޓަރުތައްވެސް ބޭނުން ކުރަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މީހުން ސަލާމަތްކުރުމާއި އެހީދޭ ޓީމުތަކުގައި 110،000 މީހުންދަނީ ޙަރަކާތްތެރިވަމުންނެވެ. ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އަވަށްތަކުގައި ބަންދުވެފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ފުލުހުންނާއި ކޯސްޓްގާޑް އަދި އަލިފާންނިވާ މީހުންދަނީ ޙަރަކާތްތެރިވަމުންނެވެ.

ނަގާނޯގެ ބައެއް ހިސާބުތަކުގައި އުނަގަނޑަށް ވުރެ މައްޗަށް ފެންބޮޑުވެފައިވާއިރު ބާރު ދުވެލީގައި ދަތުރުކުރާ އެތަކެއް ރޭލުތައް ވަނީ ފެނުއަޑީގައެވެ. އެއިން ކޮންމެ ރޭލެއްގެ އަގު 30 މިލިޔަން ޑޮލަރަށްއަރައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ އޮފީހުން ބުނެފައިވަނީ ފުރަތަމަ އިސްކަންދެވޭނީ މީހުން ސަލާމަތްކުރުމަށްކަމަށެވެ.