ޚަބަރު

ސްރީލަންކާ އަސްކަރިއްޔާގެ ޗީފް ފީލްޑް އިންޖީނިއަރ، ޗީފް އޮފް ޑިފެންސް ފޯސް އާއި ބައްދަލުކުރައްވައިފި


ސްރީލަންކާގެ އަސްކަރިއްޔާގެ ޗީފް ފީލްޑް އިންޖީނިއަރ، މޭޖަރ ޖެނެރަލް ޓީ ޖޭ ނަނަޔައްކަރަ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި އޮތް މި ބައްދަލުވުމުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންނާއި، ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ތަމްރީން ޕްރޮގްރާމްތަކަށް ފުރުޞަތު ހޯދުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ސްރީލަންކާގެ އަސްކަރިއްޔާގެ ޗީފް ފީލްޑް އިންޖީނިއަރ، މޭޖަރ ޖެނެރަލް ޓީ ޖޭ ނަނަޔައްކަރަ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ދިވެހި ސިފައިންނަށް ހިނގާ އެކްސްޕްލޯސިވް އޯރޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ބޭސިކް ޓްރޭނިންގ ކޯހުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެލައްވަނީ ސްރީލަންކާ އަސްކަރިއްޔާގެ މުދައްރިބުންނެވެ. މިއަދުގެ މި ބައްދަލުކުރެއްވުމުގައި އޯރޑްނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް މުޙައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.