ކުޅިވަރު

ކާލްސް ޕުޔޯލްގެ ތައުރީފް މެސީއަށް


ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާގެ ކެޕްޓަން މެސީއަށް ބާސާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ތައުރީފްކޮށްފިއެވެ.

ލީގުގައި މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވޭތީ ގިނަ ބަޔަކު އަންނަނީ ކުލަބުގެ ކުޅުންތެރިންނާއި ކޯޗަށް ފާޑުކިޔަމުންނެވެ. އަދި މެސީއަށް އަނިޔާވެ މެޗުތައް ގެއްލޭތީ ޓީމްގައި ރަނގަޅު ލީޑަރެއް ނެތްކަމަށްވެސް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ވައިސް ކެޕްޓަން ގެރާޑް ޕީކޭ ކުޅުންތެރިންނާއި މާ ބޮޑަށް ހަރުކަށިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ކާލްސް ޕުޔޯލް ބުނީ ހުރިހާ މެޗަކުން މޮޅުނުވެވެނީ ވަކި މީހަކާއި ހެދި ނޫންކަމަށާއި، އެއީ މައްސަލައެއްވެސް ނޫންކަމަށެވެ. އެހެންނަމަވެސް ކެޕްޓަނަކީ ކުޅުންތެރިންނަށް އިތުބާރު ކުރަން ޖެހޭ މީހެއްކަމަށާއި، މެސީއަކީ ފުރިހަމަ ކެޕްޓަނެއްކަމަށް ޕުޔޯލް ބުންޏެވެ.

ޕުޔޯލް ބުނީ މެސީގެ މިޒާޖާއި މަޑުމައިތިރިކަމަކީ އެހެން ކުޅުންތެރިންނަށް މިސާލެއްކަމަށާއި، މިވަގުތު ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ކެތްތެރިވާން މުހިންމުކަމަށެވެ. ޕުޔޯލްވަނީ ދާދިފަހުން ކުލަބު ސްޕޯޓިންގ ޑިރެކްޓަރުގެ މަޤާމް ހުށަހެޅުމުން އެ ވަޒީފާއަށް ފުރަގަސްދީފައެވެ.