ޚަބަރު

އައްޑޫ ރައްޔިތުންގެ ހާލު ރައީސް ބައްލަވައިލައްވައިފި


އައްޑޫސިޓީއަށް ކުރި ވިއްސާރައިގައި ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުތަކެއް ވެފައިވާތީ ރައީސުލްޖުމުހޫރީއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެސިޓީގެ ރައްޔިތުންގެ ޙާލު އޮޅުންފިލުއްވައިފިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެ ޙާލު އޮޅުން ވިލުއްވުމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވަނީ، އައްޑޫ މޭޔަރ ޢަބްދުﷲ ޞާދިޤްއަށް ފޯނުން ގުޅުއްވާފައެވެ. އެގޮތުން ރައީސްވަނީ އައްޑޫގެ ރައްޔިތުންގެ މިހާރުގެ ޙާލަތާއި، ވިއްސާރައިގެ ސަބަބުން ލިބު ގެއްލުމާއި، އެއާ ގުޅިގެން ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވާފައެވެ.

ހުކުރު ދުވަހުރެއިން ފެށިގެން ހޮނިހިރު ދުވަހު މެންދުރާއި ހަމައަށް އައްޑޫ ސިޓީއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހިފައިވެއެވެ. އޭގެ ސަބަބުން ފެންބޮޑުވެ ވަނީ ގެއްލުންވެފައެވެ. މިވިއްސާރާގައި އައްޑޫ ސިޓީގެ ގިނަ ޢަދަދެއްގެ ގެތަކަށް ފެންވަދެ ހިފައި ގެންގުޅޭ ގިނަ ތަކެއްޗަށް ވަނީ ގެއްލުން ވެފައެވެ.
ސިޓީ ކައުންސިލުން ދިން ތަފާސްހިސާބުތަކަށް ބަލާއިރު ގާތްގަނޑަކަށް މުޅިއެކު ތިން ސަތޭކައެއްހައި ގޭގެއަށް ވަނީ ފެނުގެއަސަރުކޮށް ގެއްލުންވެފައެވެ.