ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓް އަލުން ހުޅުވާއިރު އެތަނުގައި 117 ގޮޅި ހުންނާނެ - ސިޓީ ކައުންސިލް


ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްޤީކޮށް ހުޅުވާއިރު އެތަނުގައި 117 ގޮޅި ހުންނާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ކުރިން ވިދާޅުވެފައިވަނީ އެތަން ތަރައްޤީކޮށް ނިމޭއިރު ހުންނާނީ 73 ގޮޅިކަމަށެވެ. ނަމަވެސް ގޮޅިތައް އިތުރުކުރުމަށް ނިންމީ ވީހާވެސް ގިނަ ފަރާތްތަކަށް ވިޔަފާރިކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިގޮތުން އަލަށް ތަރައްޤީ ކުރާ ގޮޅިތަކުގައި 6 ފޫޓު ބަޔާއި 8 ފޫޓް ހުންނާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ކުރިން މާރުކޭޓް ގޮޅީތަކުގައި ހުންނަނީ 4 ފޫޓައި 7 ފޫޓެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ދަތުރުވެރިންގެ މާރުކެޓްގެ ގޮޅިތައް ދޫކުރުމަށް އިޢުލާންކުރާނީ އެތަން ހުޅުވެން ކައިރިވުމުންކަމަށާއި ނަމަވެސް ހުޅުވާނެ ތާރީޚެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.

ސިޓީ ކައުންސިލުން ބުނީ އަލަށް ގޮޅިތައް ތަރައްޤީކޮށް ނިމޭއިރު ރަށްރަށުން ގެންނަތަކެތި ވިއްކުމަށްވެސް ޚާއްސަ ގޮޅިތަކެއް ހުންނާނެކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓް މިހާރު ހުސްކޮށްފައިވާއިރު މިހާރު އެތަން ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްޤީކުރުމަށް ބަންދު ކުރިއިރު ޤަވާއިދާ އެއްގޮތަށް ވިޔަފާރިކުރަމުންދާ ދިވެހިންނަށް ލޯކަލް މާރުކޭޓު ސަރަޙައްދުން ޖާގަ ވަނީ ދީފައެވެ.އެތަން ބަންދުުކުރިއިރު މާރުކޭޓުގައި 160 ގޮޅި ހުރެއެވެ.