ޚަބަރު

އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެއްޖެ


ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.

އައްޑޫސިޓީ އަށް ރޭ ދަންވަރު ވަނީ މެދު ނުކެނޑި ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެފައެވެ. ފެން ހިންދުމުގެ މަސައްކަތާއި ގޭގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ދަނީ ކުރަމުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ހިތަދޫ އަވަށުގެ ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާގޮތުން ކުރިއަށް ހުރި ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެއެވެ. އެގޮތުން ރޭދަންވަރު 12:00 ފެށިގެން ގއ. އިން ފެށިގެން މިއަދު ހެނދުނު 8:00އާ ހަމައަށް އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލަރޓް ނެރެފައެވެ. އަދި އެ ސަރަހައްދުގެ މޫސުން ހުރިގޮތުން އެ އެލަރޓް އައުކޮށް މިހާރު ވަނީ މިއަދު ހެނދުނު 8:00 މެންދުރު 12:00 އާ ހަމައަށް ޔެލޯ އެލަރޓް ނެރެފައެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.