މުނިފޫހިފިލުވުން

ތަލަ ދެމީހުންގެ ހިފުން ބޮޑުވެ "ބާލާ" ރިލީޒްކުރުން އަވަސްކޮށްފި


ގާތްގަޑަކަށް ވާހަކައިގެ ގޮތުން އެއްވަތަރުވުމުން އަޔުޝްމަން ކުރާނާގެ "ބާލާ" ރިލީޒުކުރާ ދުވަސް އަވަސްކޮށްފިއެވެ.

ތަފާތު ކެރެކްޓަރތަކުން ފެނިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަޔުޝްމަން ކުރާނާގެ "ބާލާ" އާއި ސަނީ ސިންގެ "އުޖުޅާ ޗަމަން" އަކީ ދާދި އެއްކަހަލަ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ދެ ފިލްމެވެ. ދެ ފިލްމުގައިވެސް ދައްކުވައިދެނީ ޒުވާން އުމުރުގައި ތަލަވާ ދެމީހަކަށް ދިމާވާ ހާދިސާތަކެކެވެ.

މި ދެ ފިލްމެ ޓްރެއިލަރ ތަކާއި އެކު ދެ ފިލްމްގެ މެދުގައި ވާދަވެރިކަން ބޮޑުވެގެންދާނެކަމަށް އޮތީ ބެލެވިފައެވެ. މިކަން މިހެން އޮއްވާ ކުރިން އަންނަ މަހުގެ 15 ވަނަދުވަހު ރިލީޒްކުރަން ނިންމާފައި އޮތް "ބާލާ" މިހާރު މިވަނީ އަންނަ މަހުގެ 7 ވަނަދުވަހު ރިލީޒްކުރާ ގޮތަށް އަވަސްކޮށްފައެވެ.

ފިލްމް "ބާލާ" ގެ ޓްރެއިލަރ

ފިލްމުގެ ވާދަކަވެރިކަން އަނެއްކާވެސް އިތުރުވީ މި ސަބަބާއި ހެދިއެވެ. "ބާލާ" ކުރިން ރިލީޒްކުރަން އޮތް ތާރީހު އަވަސްކޮށް މިހާރު ސިނަމާތަކަށް މި އަންނަނީ "އުޖުޅާ ޗަމަން" ސްކރީންތަކަށް ނެރޭ ދުވަހަށްވުރެ އެއްދުވަސް ކުރިންނެވެ. "އުޖުޅާ ޗަމަން" ސްކްރީންތަކަށް އަންނަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

ފިލްމް " ބާލާ " ނެރޭ ދުވަސް އަވަސްކުރުމުން "އުޖުޅާ ޗަމަން" ޕްރޮޑިއުސަރ ކުމާރު މަންގަތް ވަނީ "ބާލާ" ޓީމުގެ އެ ނިންމުމަކީ އެތިކްސާއި ހިލާފު ނިންމމުމެއްކަމަށް ބުނެ އެ ނިންމަށް ވަނީ ފާޑުކިޔާފައެވެ. އެގޮތުން އޭނާ "އުޖުޅާ ޗަމަން" ކުރިންވެސް ނެރުމަށް ނިންމާފައި އޮތީ ނޮވެމްބަރު 8 ގައިކަމަށާއި މިހާރު ދެން ކުރާނެކަމެއްނެތްކަމަށް ވަނީ ބުނެފައެވެ. އަދި "ބާލާ" އަށްވުރެ އެނާގެ ފިލްމު މޮޅުވާނެކަމަށްވެސް މަންގަތް ވަނީ ބުނެފައެވެ.

ފިލްމް "އުޖުޅާ ޗަމަން" ގެ ޓްރެއިލަރ

އުޖުޅާ ޗަމަން" އަކީ ކުމާރު މަންގަތުގެ ދަރިފުޅު އަބީޝެކް ޕަތަކް ޑައިރެކްޝަނަށް ނެރޭ ފިލްމެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ ސަނީ ސިން އެވެ.

ބޮކްސް އޮފީހުގައި ދެ ފިލްމުގެ ވާދަވެރިކަން ކިތަންމެ ބޮޑުވި ނަމަވެސް އަޔުޝްމަން ކުރާނާގެ "ބާލާ" އަށް މީހުން ކުރާ އިންތިޒާރު ބޮޑެވެ. އެންމެ ބޮޑު އެއް ސަބަބަކީ ފަހަކަށް އައިސް އޭނާ ކުޅެފައިވާ ކާމިޔާބު ފިލްމަތަކެވެ. އަދި މި ފިލްމުގައި ފަހުގެ ޓެރެއިލަރ އިން ގިނަ ބައެއްގެ އިންތިޒާރުވަނީ ކެތްމަދުވެފައެވެ.

މި ފިލްމްގެ ލީޑް ރޯލުން އަޔުޝްމާނާއި އެކު ފެނިގެންދަނީ މީގެކުރިން އޭނާގެ ދެ ފިލްމެއްގެ ލީޑުން ފެނިގެންދިޔަ ބޫމީ ޕެޑްނޭކަރާއި ޔާމީ ގޯތަމްއެވެ. ޔާމީ ވަރަށް ދޮން އަންހެން ކުއްޖެއްގެ ގޮތުގައި ފެނިގެންދާއިރު ބޫމީ މި ފިލްމުގައި ފެނިގެންދަނީ ކަޅު އަންހެން ކުއްޖެއްގެ ގޮތުގައެވެ.

ކޮންމެއަކަސް ގިނަ ބައެއް "ބާލާ" އަށް އިންތިޒާރުުކުރަމުންދިޔަ ނަމަވެސް "އުޖުޅާ ޗަމަން" ވާދަކޮށް ކުރި ލިބެނީ ކޮން ފިލްމަކަށް ކަމެއް އެނގޭނީ ނޮވެމްބަރު މަހުގެ 8 ވަނަދުވަހަށް ފަހުއެވެ.