ޚަބަރު

"މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ" މިމަހު 18ގައި


އެމްވީ މެޑިކަލްސްއިން އިންތިޒާމުކޮށްގެން ބާވަމުން އަންނަ "މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ" މިމަހުގެ 18އިން 20އަށް ކުރިއިއަށްދާނެކަމަށް އެމްވީ މެޑިކަލްސްއިން ބުނެފިއެވެ. މިފަހަރުގެ އެކްސްޕޯއަކީ، "މޯލްޑިވެސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ"ގެ 3ވަނަ އެކްސްޕޯއެވެ.

އެކްސްޕޯއާ ގުޅޭ މަޢުލޫމާތު ދެއްވަމުން އެމްވީ މެޑިކަލްސްގެ ޑިރެކްޓަރ އޮފް މަރކެޓިންގ އެންޑް ޕީއާރް އަބްދުލް ޖަމީލް ވިދާޅުވީ މިއެކްސްޕޯއަކީ ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި އަދި ރާއްޖެއިން ބޭރުގައި ހުރި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ކިޔައިދިނުމަށް ބާއްވާ އެކްސްޕޯއެއް ކަމަށެވެ. ޚިދުމަތް ހޯދުމަށްދާ ބޭރުގެ ހޮސްޕިޓަލްތައް ޚިޔާރުކުރުމުގައި އެހީދިނުން ހިމެނޭކަމަށް ޢަބްދުލްޖަލީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އެކްސްޕޯގެ މަޤްސަދުތަކުގެތެރޭގައި ރާއްޖެއިން ލިބޭ ޚިދުމަތްތައް ކިޔައިދީ، އަގުބޮޑުކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދަންދާ މިންވަރު ކުޑަކުރުންވެސް ހިމެނެއެވެ. ޤަބްދުލްޖަލީލް ވިދާޅުވީ ރާއްޖޭގެ ހޮސްޕިޓަލްތަކުން މިހާރުވެސް ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ލިބޭކަމަށާއި، ނަމަވެސް އެ ޚިދުމަތްތަކުގެ މަޢުލޫމާތު އާއްމުނަށް އެނގޭ މިންވަރު މަދުކަމަށެވެ.

"އަބަދުވެސް ސިއްޙީ ދާއިރާގެ މައްސަލަތަކުގެ ވާހަކަ މި އަޑު ގަދަވަނީ. މީގެ ބަދަލުގައި އެބަޖެހޭ ރާއްޖޭގެ ސިއްޙީ ދާއިރާގެ ސަކްސެސް ސްޓޯރީތަކުގެ ވާހަކަތައް ކިޔައިދޭން. އެ އަޑު އެބަ ގަދަކުރަންޖެހޭ. އޭރުން މި ދާއިރާގެ އިތުބާރު ދެމެހެއްޓޭނީ." އަބްދުލް ޖަލީލް ވިދާޅުވިއެވެ.

މި އެކްސްޕޯ އޮންނާނި މިމަހުގެ 18، 19، 20ވަނަ ދުވަހު ހަވީރު 4އިން ރޭގަނޑު 11:00އަށް ދަރުބާރުގެ ރަންނަބަނޑޭރި މާލަމްގައެވެ.

"މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ"ގެ ޕަރޓްނަރުންނާއިއެކު އިއްޔެވަނީ ސޮއިކޮށްފައެވެ. މިއެކްސްޕޯ ޔޫތް މިނިސްޓްރީ، ޓުއަރިޒަމް މިނިސްޓްރީ، ޝީ އަދު މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުންވަނީ އެންޑޯޒްކޮށްފައެވެ.