ޚަބަރު

ޑިންގީއެއްގެ ބްރަފަތިންޖެހި، މީހެއްގެ ފައިބުރިވެއްޖެ


ސްނޯކްލިންއަށް ގޮސްއުޅުނު ދިވެއްސެއްގެ ގައިގައި ޑިންގީއެއްގެ ބްރަފަތިންޖެހި ފައިބުރިވެއްޖެއެވެ. މިހާދިސާގައި އަނިޔާވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ ރ. އަތޮޅު ނެލު ކިޔާ ފަޅުރަށެއްގެ އިރުމަތީ ފަރާތު އުރަފަށްކައިރީގައި އެމީހާ ސްނޯކްލިންއަށް ގޮސްއުޅެނުކޮށް ދުއްވާފަދިޔަ ޑިންގީއަކުން ޖެހިގެންކަމަށެވެ.

މިހާދިސާގައި ޒަޚަމްވި ޒުވާނާގެ އެއްފައިވަނީ ކުޑަހުޅާ ހިސާބުން ބުރިވެ މުޅިން ވަކިވެފައެވެ. އޭނާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންދާކަމަށާއި، އިތުރު ފަރުވާއަށް އޭނާ މާލެގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަޙުޤީގުކުރަމުންދާކަމަށެވެ.