ޚަބަރު

އައްޑޫ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެއްޖެ


އައްޑޫ ސިޓީ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

ހިތަދޫ ޕޯޓްސް ލިމިޓެޑް އާއި ދިމާއިން ލިންކް ރޯޑުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މީހުން އަރުވައިގެން ދިޔަ ޕިކަޕެއް ފުރޮޅާލައިގެން ކަމަށް ޚަބަރުލިބެެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން އެކެއްގެ ޙާލުސީރިއަސް ކަމަށާ އޭނާގެ ބޮލަށް ގެއްލުންވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އަނެއް 4 މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެހޮސްޕިޓަލުންބުނެއެވެ.