ޚަބަރު

ހއ އަތޮޅުން ޅ އަތޮޅަށް ވައިޓް އެލާޓް ނެރެފި


މޫސުން ގޯސްވުމުގެ ސަބަބުން ހއ އަތޮޅުން ޅ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ

އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެެން ޅ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ ހެނދުނު 06:15 އިން ފެށިގެން 11:15 އާއި ހަމައަށެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ގޮތުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެކަމާ ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގަ ކަމަށް މޫސުމާ ބެހޭޤައުމީ އިދާރައިން ވަނީ ހާމަކޮށްފައެވެ.