ދީން

18 ޖޫން އެއީ ރަމަޟާން މަހުގެ 1 ވަނަ ދުވަސް ކަމުގައި ކަނޑައަޅައިފި


މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މިއަންނަ ބުރާސްފަތި ދުވަސް ( 18 ޖޫން 2015) ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.އިސްލާމިކް މިނިސްޓްރީގައި، ހަނދު ސާބިތު ކުރުމާއިބެހޭގޮތުން މިރޭ ބޭއްވި ބައްދަލުވުމަށް ފަހު އިއްވި ބަޔާނުގައި ވަނީ ރާއްޖޭގެ އެއްވެސް ތަނަކަށް މިރޭ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާކަމަށާއި، އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނުނު ކަމުގެ ސާބިތު މައުލޫމާތެއް ވެސް ލިބިފައެއް ނުވާ ކަމަށެވެ.އެހެން ކަމުން ރާއްޖޭގައި ހަނދު ބެލުމުގެ އުސޫލަށް ބަލާއިރު، މާދަމާ އަކީ ޝައުބާން މަހުގެ ތިރީސް ވަނަ ދުވަސް ކަމަށް ކަނޑައަޅާ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 18 ޖޫން ކަމުގައި ކަނޑައަޅާކަމަށެވެ. އެ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި މި ބަރަކާތްތެރި
ރަމަޟާން މަހުގެ ރޯދައިގެ ފަރުޟުއަދާކުރުމަށް ފަރުވާތެރިވުމަށާއި، މި މާތް
މަސްސަރުގައި ﷲ ސުބްޙާނަހޫވަތައަލާގެ ރުއްސެވުމާއި މަޤުފިރަތަށް އެދި
ހެޔޮކަންތައްތައް ގިނަކުރުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ.