ޚަބަރު

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެެ


ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑު ވެއްޖެެއެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން މިހާރު ދަނީ ފެން ހިއްކުމުގައި މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން މާލޭގެ ދެ ސަރަހައްދެއްގައި ފެންހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އައިޖީއެމްއެޗް ސަރަހައްދާއި، ދުވާ ޓްރެކް ސަރަހައްދުގައި ޕަމްޕް ބަހައްޓައިގެން ފެން ހިއްކުމުގެ މަސަައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މާލެއަށް ކުރާ ވިއްސާރާގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، މި ވިއްސާރާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.