ޚަބަރު

އައްޑޫ ސިޓީގެ މިސްކިތްތަށް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި


މިސްކިއްތަށް ބެލެެހެއްޓުން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީ އާއި އައްޑޫސިޓީ ކައުންސިލާއި އެކު މަޝްވަރާ ކޮށްފިއެވެ.

ފޭދޫގައި އަމިއްލަ ފަރާތަކުން ޢިމާރާތް ކޮށްފައިވާ މަސްޖިދުލް ކައުޘަރު ރަސްމީކޮށް ހުޅުވުމަށް، އައްޑޫސިޓީ އަށް އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު އަލީ ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ އިމާމުންނާއި، އައްޑޫސިޓީ ކައުންސިލާއި ވަނީ ބައްދަލު ކުރައްވާފައެވެ.

ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މިދަތުރުފުޅުގައި އައްޑޫސިޓީ ކައުންސިލާއި އެކު މިސްކިތްތަށް ބެލެހެއްޓުން ހަރުދަނާ ކުރުމަށް ދެފަރާތުން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރަށް އިމާމުންނަށް ދިމާވާ ދަތިތަށް ހައްލުކުރުމަށް ވެސް މަޝްވަރާކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މިއަހަރުގެ ނޮވެމްބަރު މަހު އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް މަސައްކަތް ކުރާއްވާ ކަން މިނިސްޓަރ ވަނީ ހާމަ ކުރައްވާފައެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި، އައްޑޫގެ އިމާމުންނާއި ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި އިމާމުންނަށް މިހާރު ދިމާވާ ދަތިތަކަކީ ކޮބައިކަން މިނިސްޓަރ ވަނީ އޮޅުންފިލުވާފައެވެ. އަދި އިމާމުންނަށް ކުރިަމަތިވާ ދަތި ތައް ޙައްލު ކޮއްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.