ރިޕޯޓް

މަސައްކަތުގެ މާޙައުލުގެ ހިލޭ ތަމްރީނާ ތަޖުރިބާ ބޭނުންތަ؟


މަސައްކަތުގެ މާޙައުލުގައި، ތަމްރީނާއި ތަޖުރިބާ ހިލޭ ފޯރު ކޮށްދިނުމަކީ ރާއްޖޭން ބޭރުގައި ޢާންމުކޮށް ކުރަމުން އަންނަކަމެއް. އެހެންނަމަވެސް ރާއްޖޭގައި މިކަންކުރުމުންދަނީ މަދުބައެއްކަން ފާހަގަކޮށްލެވެއެވެ،

ބ.އަތޮޅު ކިހާދޫއިން ދެލައްކަ ތޭވީސްހާސް އަކަފޫޓްގެ ބިމެއް ނަގައިގެން ކޯސްޓްލައިން ފައުޑޭޝަނުން ހިންގަމުން އަންނަ ޓިވެކް ސެންޓަރއަކީ ނަމޫނާ ދައްކަމުން އަންނަ މަރުކަޒެކެވެ. މިތަނުން މިސާލު ނަގައި ސަރުކާރުން މިކަން ތަޖްރިބާ ކުރަންޖެހޭ ކަމަށް ސަރުކާރުގެ ވަޒީރުންގެ އިތުރަށް އެކިއެކި ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ މެދުތެރޭގައި ޓިވެކް ސެންޓަރގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާ ލެއްވުމަށްފަހު ނާއިބުރައީސް ފައިޞަލް ނަސީމް ވަނީ މި ސެންޓަރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ، އަދި އެސެންޓަރުގައި މިއަހަރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ބޭއްވި ގްރެޖްއޭޝަން ޑިނަރ ނައިޓް ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދުވެސް ވަނީ ކޯސްޓްލައިން ފައުންޑޭޝަނުން ޓިވެކް މެދުވެރި ކޮށް ދިވެހި ޒުވާނުންނަށް ތަމްރީން ދިނުމަށް ކުރަމުންގެންދާ މަސައްކަތަކަށް ތަޢުރީފް ކުރައްވާފައެވެ.

ޓެކްނިކަން ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) އުފެދި ތަމްރީނާ ތަޖުރިބާ ހޯދައިދިނުމުގެ މަސައްކަތް ފެށީ 2018 ވަނައަހަރުގެ އޯގަސްމަހުގެ ތެރޭގައެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން ކުރަން ފެށި މި މަސައްކަތް މިއަދާ ހަމައަށް އައިރު މިވަނީ 92 ދަރިވަރުން ތަމްރީން ކޮށް ވަޒީފާގެ ބާޒާރަށް ނެރެފައެވެ.

މިހާރުވެސް 50 ދަރިވަރުން އަންނަނީ ޓިވެކުން ހިންގާ ކޯސްތަކުގައި ކިޔަވަމުނެވެ. ޓިވެކުން ހިންގާ ކޯސްތަކުގެ ތެރޭގައި އިލެކްޓްރިޝަން، އެއަރކަންޑިޝަން އެންޑް ރެފްރިޖަރޭޝަންގެ އިތުރުން ޑީސަލް ޕެޓްރޯލް އިންޖިއަރިން ކޯސްތަކެވެ. ޓިވެކުން ނުކުންނަ ދަރިވަރުން ކިޔަވައި ނިމުމަށްފަހު އެއްވެސް އެގްރިމަންޓްއެއް ނުހަދާނެ ކަމަށާ، ވަޒީފާ އަދާކުރުމަށް ވަކި ތަނެއް ވަކި މުއްދަތެއް، އަދި ފީއެއްވެސް ދައްކަން ނުޖެހޭކަމީ މިތަނުން ނިމިގެންދާ ދަރިވަރުންނާ ބެލެނިވެރިންނަށް ލިބޭ އެންމެ ބޮޑު އެއްއުފާ ކަމަށް އެފަރާތްތަަކުން ދަނީ ފާހަގަކުރަމުން. ހުރުމާ ކެއުމާ ކިޔެވުން ހިލޭ ފޯރުކޮށްދޭ މި ސެންޓަރު ހުޅުވުމަށް އެކަނިވެސް 77 (ހަތްދިހަ ހަތް މިލިއަން) ރުފިޔާ ކޯސްޓްލައިން ފައުންޑޭޝަނުންވަނީ ޚަރަދުކޮށްފައެވެ.

ޓިވެކުން ނުކުންނަ ދަރިވަރުން ކިޔަވައި ނިމުމަށްފަހު އެއްވެސް އެގްރިމަންޓްއެއް ނުހަދާނެ ކަމަށާ، ވަޒީފާ އަދާކުރުމަށް ވަކި ތަނެއް ވަކި މުއްދަތެއް، އަދި ފީއެއްވެސް ދައްކަން ނުޖެހޭކަމީ މިތަނުން ނިމިގެންދާ ދަރިވަރުންނާ ބެލެނިވެރިންނަށް ލިބޭ އެންމެ ބޮޑު އެއްއުފާ ކަމަށް އެފަރާތްތަަކުން ދަނީ ފާހަގަކުރަމުން. ހުރުމާ ކެއުމާ ކިޔެވުން ހިލޭ ފޯރުކޮށްދޭ މި ސެންޓަރު ހުޅުވުމަށް އެކަނިވެސް 77 (ހަތްދިހަ ހަތް މިލިއަން) ރުފިޔާ ކޯސްޓްލައިން ފައުންޑޭޝަނުންވަނީ ޚަރަދުކޮށްފައެވެ.

"މިޢިމާރާތް ހެދުމަށް 5 މިލިއަން ޑޮލަރުވަނީ ކޯސްޓްލައިން ފައުންޑޭޝަނުން ޚަރަދުކޮށްފަ، އަދި ކޮންމެއަހަރެއްގެ ހިންގުމަށާ، މުވައްޒަފުންގެ މުސާރައަށްވެސް ހޭދަ ކުރަނީ ކޯސްޓްލައިން ފައުޑޭޝަނުން. މީ ހަޤީގަތުގަވެސް ވަރަށް ބޮޑަށް އޮޅިފައި އޮންނަކަމެއް. މީހަމަ ހިލޭ ކިޔަވަދޭތަނެއް. ކިޔަވާ ދަރިވަރުންގެ އަޚުލާޤް ހިފަހައްޓާތަނެއް" ޓިވެކްގެ ޕޮރޮޖެކްޓް ކޮންސަލްޓަންޓް މޫސާ ޝާފިއު ވިދާޅުވިއެވެ.

އިޖްތިމާއީ ގޮތުންނާއި، އުމްރާނީ ގޮތުން މިހާރު ކިހާދޫއާށް އަންނަ ކޮންމެ ކުރިއެރުމެއްގައި ފަހަތުގައި ޓިވެކް ބައިވެރިވާކަން ކިހާދޫ ކައުންސިލުންވެސްވަނީ ފާހަގަކޮށްފައެވެ.
ޓިވެކުން ބުނީ ވަޒީފާ ނުލިބި ކިޔެވޭނެ ގޮތެއް ނެތި ތިބޭ ޒުވާނުންނަށް ދާއިރާތަކުން ކުރިއަށް ދާން މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އަބަދުވެސް ޅުވާލާފައިވާކަމަށެވެ.