ޚަބަރު

ބޮޑު ތިލަދުންމަތީގެ ދެއަތޮޅުގެ ރަށްތައް ސްޕީޑް ފެރީގެ ޙިދުމަތުން ގުޅާލައިފި


ހއ ކެލާއިން ހދ ކުޅުދުއްފުއްޓަށް އެމްޓީސީސީގެ ސްޕީޑް ލޯންޗުގެ ފެރީގެ ޙިދުމަތް ފަށައިފިއެވެ.

ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު ދަތުރުކުރާ މި ފެރީ ކެލާއިން ވަށަފަރު، ފިއްލަދޫ، ބާރަށް، ހަނިމާދޫ އަދި ކުޅުދުއްފުއްޓައް ދަތުރުކުރާނެއެވެ. ދެކޮޅަށް ދަތުރުތައް އޮންނަ މި ފެރީ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީި ހެނދުނު 6:30 ގައި ކެލާއިންނެވެ. އަދި ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް ފަށަނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނީ 75 ރުފިޔާއިން 250 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީއަކީ ރާއްޖޭގެ ފެރީގެ ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެއް ކުންފުންޏެވެ. އެމްޓީސީގެ މިޚިދުމަތަށް ޢާންމުންގެ ބޮޑު ޑިމާންޑެއް އޮންނައިރު، ފެރީގެ ޚިދުމަތް ޒަމާނީކޮށް، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެމް.ޓީ.ސީ.ސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައިވެސް އެންމެ ފުޅާ ދާއިރާގައި ޙިދުމަތް ދެމުން އަންނަނީ އެމްޓީސީންނެވެ.