ސިއްހަތު

ދުންފަތުގެ ވަގު ވިޔަފާރި ކޮންޓްރޯލް ކުރުމާބެހޭ ސެމިނަރއެއް


ދުންފަތުގެ ވަގު ވިޔަފާރި ކޮންޓްރޯލް ކުރުމަށް މަޝްވާރާކުރުމުގެ ގޮތުން، ކަމާ ގުޅޭ އެކި މުއައްސަސާތަކާއެކު ހެލްތު މިނިސްޓްރީން ސެމިނަރއެއް ފަށައިފިއެވެ.މިއަދު ހެލްތު މިނިސްޓްރީގައި މިސެމިނަރ ފައްޓަވާދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ދުންފަތުގެ ވަގު ވިޔަފާރި ކޮންޓްރޯލް ކުރުމަށް މިހާރު ކުރަންޖެހޭ ކަމަކީ، ގުޅުންހުރި އިދާރާތައް ގުޅިގެން ގާނޫނުގެ ދަށުން ތަންފީޒް ކުރަންޖެހޭ ކަންތައް ތަންފީޒު ކުރުން ކަމަށެވެ. ހަމައެކަނި ނޯ ޓޮބެކޯ ޑޭ ފާހަގަ ކުރުމުން ނިމުނީ ނޫން ކަމަށާއި، "އައި ޗޫސް ލައިފް" ތީމްގެ ދަށުންވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިއަދު ފެށި ވާރކްޝޮޕްގެ މަގްސަދަކީ، ދުންފަތުގެ ވަގު ވިޔަފާރި ކޮންޓްރޯލް ކުރުމަށް، ބައިނަލްއަގުއާމީ ފެންވަރުގައި، ކުރާ މަސައްކަތްތަކާއި، ރާއްޖޭގައި ކުރަންޖެހޭ  މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުމާ، ރާއްޖޭގައި ކުރެވިދާނެ ބައެއް ކަންތަކާ ގުޅޭ މައުލޫމާތު، ކަމާ ގުޅުންހުރި މުއައްސަސާތަކާ ހިއްސާ ކޮށް މަޝްވަރާ ކުރުމެވެ.