ޚަބަރު

ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އެރަށު ދޮށިމޭނާ މަގުގައި ހުންނަ އެމްއައި ކޮލެޖް ކުރިމަތިންނެވެ. އެޙާދިސާގައި ތިން މީހަކަށް އަނިޔާވެފައި ވާއިރު އޭގެ ތެރޭގައި 10 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ، ޢަބްދުﷲ ސަޢީދު ވިދާޅުވީ އެ ޙާދިސާގައި އަނިޔާވެފައިވަނީ 40 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ޒުވާނަކަށާއި 10 އަހަރުގެ ކުޑަކުއްޖަކަށް ކަމަށެވެ. އަދި އެ ތިން މީހުންގެ ޙާލުވެސް ސީރިއަސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.