ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަން ތިނަދޫގައި ހިނގާލުމެއް ބާއްވައިފި


ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގދ. ތިނަދޫގައި ހިނގާލުމެއް ބާއްވައިފިއެވެ.

ތިނަދޫގައި ހުންނަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހިނގާލުމުގައި އެރަށު ހުރިހާ މުވައްސަސާތަކަކުން ވަނީ ބައިވެރިވެފައެވެ. އިއްޔެ ހަވީރު ބޭއްވި އެހިނގާލުން ފަށާފައިވަނީ ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ކުރިމަތިންނެވެ. ހިނގާލުން ނިންމާލީވެސް އެ ސަރަހައްދުންނެވެ.

މި ހިނގާލުން ކުރިއަށް ގެންދިޔަ އިރު ހިނގާލުމުގެ ތެރެއިން ވަނީ ނަފްސާނީ ދުޅަހެޔޮކަމަށް މުހިއްމު ކަންތައްތަކާއި އެކަމުގެ މުހިއްމު ކަމާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފައެވެ. ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެ ހިނގާލުމުގައި އެކި އުމުރުފުރާތަކުގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.