ޚަބަރު

ގާ އަޅާ މެޝިނެއްގެ ބެލްޓް ދަށުވެގެން ބިދޭސީއަކު މަރުވެއްޖެ


ރިސޯޓެއްގެ ގާ އަޅާ މެޝިނެއްގެ ބެލްޓް ދަށުވެގެން ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި ޙާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ނ.އަތޮޅު ދިގުރަށުގައިކަމަށެވެ.

މި ޙާދިސާގައި މަރުވި މީހާއަކީ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދަށުން މަސައްކަތް ކުރަމުންއައި 25 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އިއްޔެ އިރުއޮއްސުނުއިރު ހިންގި މިހާދިސާއާއި ގުޅިގެން، ބިދޭސީ މީހާއަށް ބޮޑެތި އަނިޔާތައްވެގެން އެ އަތޮޅު މަނަދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދޭކަމަށެވެ.

ފުލުހުން ބުނީ މި ޙާދިސާ އިތުރަށް ތަޙްގީޤުކުރަމުންދާކަމަށެވެ.