ޚަބަރު

ހއ. ކެލާ ޝައިޚް އިބްރާހީމު ސުކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ޒަލްހާ ޒާހިރު


ހއ. ކެލާ ޝައިޚް އިބްރާހީމު ސުކޫލުގެ 2018 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ހއ. ކެލާ ބަށިމާގެއެވެ މަރިޔަމް ޒަލްހާ ޒާހިރު ހޯދައިފި. ޒަލްހާ ޒާހިރުވަނީ 2018 ވަނަ އަހަރުގެ ސްކޫލު ކެޕްޓަން ކަން ކުރުމުގެ އިތުރުން 2016، އާ 2017 ގައި ސްކޫލުގެ ވައިސްކެޕްޓަން ކަންވެސް ކޮށްފައެވެ.

ތަޢުލީމީ ގޮތުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ޙާޞިލް ކޮށްފައިވަނީ ވޭތުވެ ދިޔަ އަހަރު އޯލެވެލް ޓޮޕްޓެންގެ 10 ވަނަ ޙާޞިލް ކޮށްފައިވާ އެސްކޫލުގެ ދަރިވަރު ހއ. ކެލާ ޢަބްދުﷲ ޔާސިރެވެ. ޢަބްދުﷲ ޔާސިރަކީ ވޭތުވެ ދިޔަ 2018 ވަނައަހަރު ސްކޫލު ވައިސް ކެޕްޓަނެވެ.

ހއ. ކެލާ ޝެއިޚް އިބްރާހީމު ސުކޫލުގެ 2018 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީއޮފް އެޑިޔުކޭޝަންގެ ސްޓޭޓު މިނިސްޓަރ އަލްފާޟިލް އަޙްމަދު ރިޔާޒެވެ،

2018 ވަނަ އަހަރު ޝެއިޚް އިބްރާހީމް ސްކޫލުން އެސް.އެސް.ސީ އާއި އައި. ޖީސީ. އެސް.ސީ އަދި އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 64 އިންސައްތައާ 80 އިންސައްތަ އާ ދެމެދުގެ އަދަދެއްގެ ދަރިވަރުން ވަނީ 5 މާއްދާއަށްވުރެ އިތުރު މާއްދާ ތަކުން ފާސްވެފައެވެ.