ޚަބަރު

މާލޭގައި ބަގްލަދޭޝް މީހަކު ރަހީނުކުރި މައްސަލައެއް ފުލުހުން ބަލަންފަށައިފި


މާލޭގައި ބަގްލަދޭޝް މީހަކު ރަހީނުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިމަހުގެ 28ވަނަ ދުވަހުގެ މެންދުރުފަހު 2:46 ހާއިރު 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ރަހީނުކޮށްގެން އުޅޭކަމުގެ މައުލޫމާތު އެއިދާރާއަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފުލުހުން ފަށާފައިވާކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް އިއްޔެ އޭނާވަނީ ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތްވެ ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެ، ރަހީނުކުރުމުގެ ހާދިސާ ހިނގައިދިޔަގޮތް ތަފްސީލުކޮށް ކިޔައިދީފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިމައްލަސަ ފުލުހުން ތަޙުޤީޤުކުރަމުންދާކަމަށާ، މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލައިގެ މާބޮޑު ތަފްސީލެއްވެސް ފުލުހުން ހާމަކޮށްފައިނުވެއެވެ.