ކުޅިވަރު

ހދ އަތޮޅު ވޮލީ މުބާރާތުގެ އަންހެން އަދި ފިރިހެން ބައިވެސް ކާމިޔާބުކުރީ ކުޅުދުއްފުށި!


ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮއްގެން ބޭއްވި ހދ އަތޮޅު ވޮލީ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަންވެސް ކުޅުދުއްފުށީގެ ދެޓީމް ހޯދައިފިއެވެ.

ޓީމް ކުޅުދުއްފުށި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި ނޮޅިވަންފަރު ސްޕޯޓްސް ކްލަބު ސީދާ 3 ސެޓުން ބަލިކޮށްގެންނެވެ.

އަންހެން ޑިވިޝަންގެ ފެއަރޕުލޭ ޓީމަކީ ޓީމް ހަނިމާދޫއެވެ. އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ނޮޅިވަރަމްފަރު ސްޕޯރޓްސް ކުލަބްގެ އައިޝަތު އިބާދާ، އައިޝަތު ނޫރާ އަލީ، ޝަމީލާ އަބްދުލް ހަކީމް، ޓީމް ކުޅުދުއްފުށީގެ އައިމިނަތު ރަޝީދާ، އައިޝަތު ޝައްފަ އަދި ޓީމް ހަނިމާދޫގެ އައިމިނަތު އަރީޝާއެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލްގައި ރޭ ކުޅުދުއްފުށީ އެކުވެރިންގެ ގުޅުން އަދި ޓީމް ނޮޅިވަރަމް ބައްދަލްކޮށް 3 ސެޓް 1 ސެޓުން މެޗް ކާމިޔާބުކުރީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން ޓީމެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ އަލީ ވަހީދެވެ.

ފިރިހެން ޑިވިޝަންގެ ފެއަރޕްލޭ ޓިމަކީ ވައިކަރަދޫ ވިއެސް ޓީމް އެވެ. މިޑިވިޝަންގައި އެންމެމޮޅު ހަ ކުޅުންތެރިންނަކީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ އަލީ ވަހީދު، އަބްދުލް ހަމީދު އަލީ، އިސްމާއިލް މަންސޫރު އަދި ޓީމް ނޮޅިވަރަމްގެ އަލީ މުހައްމަދު، ނަސްރުﷲ ހަލީލްގެ އިތުރުން އާދަމް ހުސެއިންއެވެ.

މިމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ދިހަ ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ހަތް ހާސް ރުފިޔާގެ އިތުރުން މެޑަލްއާއި ޓްރޮފީވަނީ ހަވާލުކޮށްފައެވެ.

މިމުބާރާތަކީ ކުޅުދުއްފުށީގެ ޑަބްލިއު ސްޕޯރޓްސް އެކަޑަމީގެ ފަރާތުން މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށްދިޔަ މުބާރާތެކެވެ.