ޓުއަރިޒަމް

ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ތ.އަތޮޅުގައި އާ ރިސޯޓްތަކެއް


ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި ތ.އަތޮޅުގައި އާ ރިސޯޓްތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަހުމަދް އަދީބް ވިދާޅުވެއްޖެއެވެ.ތ.ތިމަރަފުށީ ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަދީބް ވިދާޅުވީ ތިމަރަފުށި ހިމެނޭ ދާއިރާއަށް ގިނަ ތަރައްޤީތަކެއް ގެނައުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ.އެގޮތުން ތ.ކަނިމީދޫގައި ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި އެރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެނެސްފައިވާ ކަމަށާއި އަދި އެ އަތޮޅު ކަޅުފަހަލަފުށިވެސް މިހާރު ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެނެސްފައިވާކަމަށް އަދީބް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ރޭލް މިހާރު ދަނީ ވަރަށް ބާރު ސްޕީޑެއްކަމަށާއި އެގޮތުން ވޯލްޑް ބޭންކުންވެސް ރާއްޖޭގެ އުފެއްދުންތެރިކަން، ޖީޑީޕީ ކުރިއަރާ މިންވަރު މިއަހަރު ކުރިއަށްޖެހޭނެކަން ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ އަދީބް ވިދާޅުވިއެވެ.