ކުޅިވަރު

މިއީ ހުވަފެން ހަގީގަތަކަށްވުން - މެކްކިބިން ބްރަދާސް


ރާއްޖެއަކީ އިންޓަރނޭޝަނަލް ބީޗް ވޮލީ މުބާރާތްތަށް ބޭއްވުމަށް ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ޤައުމުކަމަށް ބީޗް ވޮލީގައި އެމެރިކާގެ ރޭންކިންގެ 5ވަނަ "މެކްކިބިން ބްރަދާސް" ބުނެފިއެވެ.

ފުރަވެރި މޯލްޑިވްސްގައި ކުރިއަށްދާ ޕްރެޒިޑެންޓް އިންޓަނޭޝަނަލް ބީޗްވޮލީ މުބާރާތުގައި 80އަށް ވުރެއް ގިނަ ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ. އެމެރިކާ އަދި ދުނިޔޭގެ އެކި ގައުމްތަކުގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މަޝްހޫރު ޕެއަރ "މެކްކިބިން ބްރަދާސް"އިންވެސް އަންނަނީ މި މުބާރާތުގައި ވާދަކުރަމުންނެވެ. އެމެރިކާގެ ދެބެއިން ބުނީ ބީޗް ވޮލީ މުބާރާތް ބޭއްވުމަށް މިއަށް ވުރެއް ވަކި ރަނގަޅު ބީޗްތަކެއް އެހެން ޤައުމެއްގައި ނޯންނާނެކަމަށެވެ.

މިފަދަ ރީތި ބީޗަކާއި ދޮންވެއްޔަކީ ބީޗްވޮލީ މުބާރާތްތައް ބޭއްވުމަށް އެންމެ ރަނގަޅު ވެލިކަމަށްވެސް މެކްކިބިން ބްރަދާސްއިން ބުންޏެވެ. މުޅިން އަލަށް ރާއްޖެއައި ދެބެއިން ބުނީ ފުރަވެރިއަކީ ރާއްޖޭގެ ރީތި ބީޗްތަކުގެ ތެރެއިން އެއް ބީޗްކަމަށާއި އަދި މިފަދަ ކިތަންމެ ރީތި ބީޗްތަކެއް މިކުދިކުދި ރަށްތަކުގައި ހުންނާނެކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ މޫދުގެ ސާފުކަން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނުކަމަށާއި ގުތުރަތީ ގޮތުން އުވެދިފައިވާ މިބީޗްތަކުގެ ބޭނުން މުބާރަތްތައް ބޭއްވުމަށް ކުރަންޖެހޭކަމަށްވެސް މެކްކިބިން ބްރަދާސްއިން ބުންޏެވެ.

"މިއީ ހުވަފެނެއް ހަގީގަތަކަށް ވުންފަދަ ކަމެއް. ރާއްޖޭގެ ބީޗްތަކުގައިވެސް މިހުންނަނީ އާދަޔާ ހިލާފު ވެއްޏެއް. ހާދަހާ ސާވްއޭ. މިއީ ބީޗް މުބާރާތްތަށް ބާއްވަން ވަރަށް ރަގަނޅު ބީޗްތަކެއް. މިއީ 200އަށް ވުރެއް ގިނަ ބީޗްތަކުގެ ތެރެއިން އަދި އެންމެ ރަށެއް. އަހަރުން ގަބޫލް ކުރަނީ އަދި ކިތަށް ބީޗްބާ މިކަހަލަ ގޮތަކަށް އޮންނާނީ. ގިނަ ގިނައިން މިފަދަ މުބާރާތްތަށް ބައްވަންވީ. ގައިއުވެސް އަހަރުން ދެ ބެން ކޮންމެ އަހަރަކުވެސް މިމުބާރާތަށް އަންނާނަން." މެކްކިބިން ބްރަދާސްއިން ބުންޏެވެ.