ދީން

ގުރްއާން ހިތުދަސްކުރުމާއިއެކު އިޖާޒާ ސަނަދު 3 ފަރާތަކަށް

ކީރިތި ގުރްއާން ހިތުދަސް ކުރުމުގެ ރޮނގުން ލިބޭ އެންމެ މަތީ ޝަރަފު ނުވަތަ އިޖާޒާ ސަނަދުން ބޮޑު ބައެއް ޙާޞިލް ކުރި 3 ފަރާތަކަށާއި ހާފިޒް ކަމުގެ ސަނަދު ހޯދި ހަތަރު ފަރާތަކަށް އެކަމުގެ ތާޖު ދެއްވައިފިއެވެ.މި ފަރާތްތަކަށް މި ސަނަދު ދެއްވީ ކީރިތި ޤުރްއާން ކިޔެވުމުގެ ތިރީސް ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ.ގުރުއާން ހިތުދަސް ކުރުމުގެ ރޮނގުން ލިބޭ އެންމެ މަތީ ޝަރަފު ނުވަތަ އިޖާޒާ ސަނަދުން ބޮޑު ބައެއް ހާސިލްކޮށްގެން އިޖާޒާ ސަނަދު ހާޞިލް ކުރެއްވި ތިން ބޭފުޅުންނަނީ ، އަލްޙާފިޒް އަބުދުއް ރަޝީދު މުޙައްމަދާއި ، އަލްޙާފިޒާ އިފްދާ މުޙައްމަދު ގެ އިތުރުން އަލްޙާފިޒާ އައިޝަތު މުޙައްމަދު ދީދީއެވެ.ކީރިތި ރަސޫލާގެ ހަޔާތްޕުޅުން ފެށިގެން މިހާ ހިސާބަށް ދެމިގެން އައިސްފައިވާ އިޖާޒާ އަކީ ގުރުއާނުގެ އެކި ގިރާއަތްތަކާއި ރިވާޔަތްތައް ކިޔައި ދިނުމާއި ބަޔާން ކޮށްދިނުމުގެ ހުއްދައެވެ. މި ހުއްދަ ހޯދަން ގުރުއާން ހިތުދަސްކޮށް، ތަޖުވީދާ އެކު އޭގެ ޝަރަހަ ވެސް ވަރަށް ރަނގަޅަށް ދަސްކުރަން ޖެހެއެވެ.އިޖާޒާ ހޯދުން އޮންނަނީ ދެ ބަޔަކަށް ބަހާލާފައެވެ.  އެއީ ގުރުއާން ކިޔެވުމުގެ ސަނަދުން ކީރިތި ރަސޫލާއާ ހަމައަށް ގުޅާލަން ގުރުއާން ހިތުދަސްކުރުމާއި ތަޖުވީދުގެ ހުކުމްތައް ހިމެނޭ ސަތޭކަ ހަތް ޅެން ބައިތާއި އޭގެ ޝަރަހަ ނުވަތަ މަތުނު ޖަޒަރިއްޔާ ހިތު ދަސްކުރުމެވެ.މީގެ އިތުރުން ކީރިތި ޤުރުއާން ހިތުދަސްކޮށްގެން ޙާފިޒް ކަމުގެ ސަނަދާއީ ތާޖު ދެ ކުޑަކުދިންނާއި ދެ އަންހެނަކު ޙާޞިލްކޮށްފައިވެއެވެ. އެއީ ފާތިމަތު ރައުފާ ރަޝީދު ،އައިމިނަތު އަހްމަދު ، ޙާއްވާ ދީދީ އަދި މުޙަމަދު ޝައްފާފްއެވެ.މިއީ ދެހާސް ތޭރަވަނަ އަހަރުން ފެށިގެން ކީތިރި ޤުރްއާނާއި ބެހޭ މަރުކަޒުން ހިންގާ ފަސްސަތޭކަ ހާފިޒުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދަށުން އެތަނުގައި ކިޔަވާ ސަނަދު ޙާޞިލް ކުރި ފަރާތްތަަކެވެ.ޙާފިޒް ކަމުގެ ސަނަދު ދެއްވީ ޖަލްސާގެ ޝަރަފްވެެރި މެހުމާން އަލްއުސްތާޛު އާދަމް މުޙައްމަދު އަބުދުﷲއެވެ.