ޚަބަރު

ހޯމް މިނިސްޓަރ ޖަލަށް ޒިޔާރަތްކުރެއްވުން


ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މާލޭ ޖަލަށް ޒިޔާރަތްކުރައްވައި ޤައިދީންގެ ކަންބޮޑުވުންތައް އޮޅުއްފިލުއްވަވައިފިއެވެ.

މި ޒިޔާރަތުގައި މިނިސްޓަރވަނީ ޖަލުގެ ގޮޅިތަކަށް ވަޑައިގެން ގޮޅިތަކުގެ ޙާލަތު ބައްލަވާލައްވައި ޙާލަތު ރަނގަޅުކޮށް ޖާގަ އިތުރުކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަނެ އެކަމުގެ މަޢުލޫމާތުތައް އުޅުންފިލުއްވާފައެވެ.

މިނިސްޓަރވަނީ ޖަލުގައި ތިބި ޤައިދީންނާ ވާހަދައްކަވައި އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އަދި ޖަލުގެ ޙާލަތު ރަނގަޅު ކުރައްވާނެކަމުގެ ޔަގީންކަންވަނީ ދެއްވާފައެވެ. މިނިސްޓަރވަނީ ޖަލުގެ ޙާލަތު ރަނގަޅުކުރެއްވުމަށް ކުރަންޖެހޭ ކަންކަން އަވަސްކުރެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނަށްވެސް އަންގަވާފައެވެ.