ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދަޢުވާގެ ފަހު އަޑުއެހުން އަންނަ މަހުގެ 10ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
މައްސަލައިގެ އެންމެފަހު އަޑުއެހުމުގެ ކުރިން ހެކިންނާގުޅޭގޮތުން ވާހަކަ ދެއްކުން އޮތީ މިއަދު ބޭއްވި އަޑުއެހުން ނިންމާލައްވަމުން ގާޒީ އަޙްމަދު ހައިލަމް ވިދާޅުވީ ޚުލާސާ ބަޔާން ހުށަހަަޅަން ބާއްވާ އަޑުއެހުން އޮންނީ އޮކްޓޯބަރު 10 ވަނަ ދުވަހުގެ މެންދުރު ފަހު 13.00 ގައި ކަމަށެވެ.
ރައީސް ޔާމިން މައްޗަށް އުފުލާފައިވާ ދައުވާގެ ފަހު އަޑުއެހުމަށް ފަހު ދެން އޮންނާނީ މައްސަލަ ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. އޭގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފި ނަމަ އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ގުޅޭ ގޮތުން ދެ ފަރާތައްވެސް ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވާނެ އެވެ. އަދި ކުށުގެ އަދަބު ގާޒީ ކަނޑައަޅުއްވާނީ އޭގެ ފަހުންނެވެ.
މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގެ ކުރިން ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުން އޮތީ މިއަދު ބޭއްވި އަޑުއެހުން ނިންމާލައްވަމުން ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ހުލާސާ ބަޔާން ހުށައަޅަން ބާއްވާ އަޑުއެހުން އޮންނީ އޮކްޓޯބަރު 10 ވަނަ ދުވަހުގެ މެންދުރު ފަހު 13.00 ގައި ކަމަށެވެ.
މައްސަލައިގެ ހުށައަޅާފައިވާ ހެކިތާކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ހެކިތަކުގެ މައްޗަށް ބަލާއިރު ޔާމިންގެ މައްޗަށް އުފުލި ދައުވާގެ އުންސުރުތައް ސާބިތުވާ ކަމަށް ވިދާޅުވެފައި އެވެ. ނަމަވެސް ޔާމިނާއި އެމަނިކުފާނު ވަކީލުން ވަނީ މައްސަލައިގައި ދައުލަތުން ހުށައެޅި ހެކިންނާއި ނެގި ހެކިބަސްތަކުން ކުށް ސާބިތުކުރެވޭނެ ވަރަށް ހެކި ނުލިބޭ ކަމަށެވެ.
ޔާމިންގެ ދިފާއުގައި ހެއްކެތް ގޮތުގައި ހާޒިރުކޮށްދިނުމަށް ހުށައެޅި އެމްއެމްއޭގެ ގަވަރުނަރު އައިޝަތު އަޒީމާ ވަނީ ހެކިބަސް ދެއްވަން އުޒުރުވެވަޑައިގަންނަވާ ކަމަށް އަންގަވާފައި ކަމަށް ޝަރީއަތުން ވަނީ ހާމަ ކުރައްވާފައި އެވެ. އަދި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންނަށް ދެއްވި ބަޔާނުގެ ވީޑިއޯ ރެކޯޑިން ޝަރީއަތުން ބެލުމަށް ވެސް ނިންމަވާފައި އެވެ.