މުނިފޫހިފިލުވުން

ޓީވީއެމް ސްކޫލް ކުދިންގެ މަދަހަ މުބާރާތުގެ 1 ވަނަ އިސްކަންދަރަށް


ޓެލެވިޒަމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ސްކޫލް ކުދިންގެ މަދަހަ މުބާރާތުގެ އެއްވަނަ އިސްކަންދަރު ސްކޫލް ހޯދައިފިއެވެ. މިއީ އިސްކަންދަރު ސްކޫލުން މިމުބާރާތުގެ އެއްވަނަ ސްކޫލްގެ މަގާމް ވިދިވިދިގެން ހޯދި ތިންވަނަފަހަރެވެ.މުބާރާތުގެ އެއްވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލް ހޮވިފައިވާއިރު މަދަހަ ކިއުމުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ މަދުރަސަތުލް އަރަބިއްޔާގެ ދަރިވަރު މުހައްމަދު ފަރީދު އަހުމަދުއެވެ.މަދަހަ ކިއުމުން ދެވަނަ ދރިވަރަކަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލްގެ އައިމިނަތު ސައިނާ ރަޝީދުއެވެ.ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލްގެ މުހައްމަދު ހަލަފު ހާފިޒުއެވެ.މިއަހަރުގެ މަދަހަ މުބާރާތުގައި މާލެއާއި އަތޮޅުތެރެއިން 25 ސްކޫލެއް ބައިވެރިވެފައިވެއެވެ. ތިން ދުވަހަށް ދެމިގެން ދިޔަ މުބާރާތް ބާއްވާފައިވަނީ ހަތަރު އުމުރު ފުރާއަކަށެވެ. އެއީ ނުވަ އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުންދަށާއި 19 އަހަރުން ދަށަށެވެ.9 އަހަރުން ދަށުގެ އެންމެ މޮޅު މަދަހަ ކިއުންތެރިއަކަށް ހޮވިފައިވަނީ ޣިޔާސުއްދީން ސްކޫލްގެ އައިޝަތު ޖޫނީ ޖިނާހްއެވެ. 13 އަހަރުން ދަށުގެ ދަރިވަރަކަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލްގެ މުހައްމަދު ހަލަފް ހާފިޒުއެވެ. 16 އަހަރުން ދަށުން އެއްވަނަ އަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލްގެ އައިމިނަތު ސައިނާ ރަޝީދު އަދި ނަވަރާ އަހަރުން ދަށުގެ އެއްވަނަ މަދަހަ ކިއުންތެރިއަކަށް ހޮވިފައިވަނީ މުބާރާތުގެވެސް އެއްވަނަ ދަރިވަރު މަދުރަސަތުލް އަރަބިއްޔާގެ މުހައްމަދު ފަރީދު އަހުމަދުއެވެ.މުބާރާތުގެ ވަނަ އަވަނަ އަށް ހޮވުނު ސްކޫލްތަކަށާއި ދަރިވަރުންނަށް ޓީވީއެމުންނާއި ރައީސް އޮފީހުންނާއި އަދި ހެޔޮއެދޭ އަމިއްލަ ފަރާތްތަކުން އިނާމު ދީފައިވެއެވެ.