ޚަބަރު

ހިލާލީގެ ކައިރިން ބަޑިބޭހާއެކު މީހަކު ހައްޔަރުކޮށްފި


ނައިބްރައިސް ދިރިއުޅުއްވާ ހިލާލީގެ ކަރިއީގައި ބަޑިބޭހަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ގެންގުޅު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޯށްފައިވަނީ ޢުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 7 ދުވަހުގެ މުދަތަތެއް ޖަހާފައެވެ.

އިއްޔެ 3:50 ހާއިރު ފަރީދީ ގޯޅި ހިލާލީގެ ކައިރީގައި ހުރި މީހެއްގެ ޢަމަލުތައް ހުރިގޮތުން ފުލުހުންނަށް ޝައްކު ކުރެވިގެން އޭނާ ހުއްޓުވާ ބަލާފާސްކުރިއިރު ބަޑިބޭސްކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވަކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅޭގެ ބަލާ ފާސްކުރިއިރުވެސް ބަޑިބޭސްކަމަށް ޝައްކު ކުރެވޭ އެއްޗެހި ތަކެއް ފެނިފައިވާކަމަށެވެ. މި މައްސލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.