ރާއްޖެއަށް ޒިޔާރަތް ކުރާ އަހަރު ފާހަގަކުރުމުގެ ގޮތުން ބައިނަލްއަގްވާމީ ރާޅާއެޅުމުގެ މުބާރާތަކާ އެކު ގިނަ ހަރަކާތްތަކެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.މި ރާޅާއެޅުމުގެ މުބާރާތުގައި ބައިނަލްއަގުވާމީ މޮޅެތި ރާޅާއެޅުންތެރިން ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ. އެގޮތުން މި މުބާރާތުގެ ސަބަބުން ރާއްޖެއަކީ ސާފަރުންނަށް މަގުބޫލު މަންޒިލަކަށް ވެގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ވަނީ ހާމަކޮށްފައެވެ.މީގެ އިތުރުން ރާއްޖެ ޒިޔާރަތްކުރާ ކޮންމެ އެއް ލައްކަ ވަނަ ފަތުރުވެރިއަކަށް 'ސަޕްރައިޒެއް' ދޭން ނިންމާފައިވާ ކަމަށާއި އެގޮތުން ކުލަގަދަ މަރުހަބާއެއް ކިއުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ އެމްބަސަޑަރަކަށް އެ ފަތުރުވެރިން ހެދުން ވެސް ހިމެނޭކަމަށް އެފަރާތުން މައުލޫމާތުދެއެވެ. އަދި ރާއްޖެ ޕްރޮމޯޓް ކުރުމަށް ބާއްވާ ހަރާކާތްތަކުންނާއި ސޯޝަލް މީޑިއާ ކެމްޕޭނުން ހޮވާލެވޭ ފަރާތްތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާއިރު ދެކުނު އޭޝިއާ ގައި ހިލޭ ބައިވެރިވެވޭ ގޮތަށް ބާއްވާ ފުރަތަމަ ޑައިވިން މުބާރާތް ވެސް މި ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ. މީގެއިތުރުން ބައިނަލް އަގްވާމީ ފޮޓޯ ނެގުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެމްޕީއާރުސީން މައުލޫމާތުދެއްވިއެވެ.