ޚަބަރު

ތިލަދުންމަތީގެ ބޮޑު ސަރަހައްދަކަށް ރީނދޫ އެލަރޓް ނެރެފި


ތިލަދުންމަތީގެ ބޮޑު ސަރަހައްދަކަށް ރީނދޫ އެލަރޓް ނެރެފިއެވެ. ރީނދޫ އެލަރޓް ނެރެފައިވަނީ ހއ.އަަތޮޅުން ފެށިގެން ނ.އަތޮޅަށެވެ.

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށްލަފާކޮށް ރީނދޫ އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 09:30ން 13:30ށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށްވެސް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.