ޚަބަރު

ރާއްޖޭގައި އާޓް ސެންޓަރެއް ޤާއިމްކުރަނީ


ރާއްޖޭގައި އަންނަ އަހަރުގެތެރޭގައި އާޓް ސެންޓަރެއް ޤާއިމް ކުރައްވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު އާޓް ގެލެރީގައި ކުރިއަށްގެންދިޔަ ސާކް އާޓިސްޓްސް ކޭމްޕް އެގްޒިބިޝަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ އާޓިސްޓުންނަށް ޚާއްސަ އަރޓް ސެންޓަރެއް ހުޅުވާނެކަން އިޢުލާނު ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ވިޔަފާރީގެ ގޮތުން އެމީހުންނަށް ކުރިއަރައިގެން ދެވޭނެ ފަދަ ގޮތެއްގެ މަތިން މިކަން ކުރުމަށް ރާވަމުން ގެންދަވާކަމަށެވެ. މަސައްކަތްކުރުމަށާއި އެމީހުންގެ ބޭނުންތަކަށް ސެންޓަރެއް ގާއިމްވެފައި ނެތުމަކީ ގިނަ އަރޓިސްޓުން ކަންބޮޑުވުން ފާޅުކޮށްފައިވާކަމެކެވެ. އެކި ފަންނުތަކުގެ އާރޓިސްޓުން ނުވަތަ ފަަންނުވެރިންނަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ބައެކެެވެ. މިހާރުގެ ސަރުކާރުން ފަންނުވެރިކަން ދިރުވާ އާލާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ތަރިކައާއި ސަގާފަތާއި ތާރީޚު ދިރުވައި އާލާ ކުރުމުގެ ގޮތުން ވަކި މިނިސްޓްރީއެއް އުފައްދަވައި ފަންނުވެރިންނަށް ފުރުސަތުތައް ތަނަވަސްކޮށްދެއްވަމުން ދެއެވެ.