ޚަބަރު

ޖައްވަށް ބޭރުކުރުކުރާ ވިހަ ގޭހުގެ މާއްދާތަކުގެ އިންވެންޓްރީ ބެލެހެއްޓުމާއި ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަނެ، އެކަންކަން ބެލެހެއްޓުމަށް އިންވެންޓަރީ ސިސްޓަމެއް ޤާއިމުކުރުމާގުޅޭގޮތުން ޤައުމުތަކަށް މަޢުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް ޔޫ.އެން.އެފް.ސީ.ސީ.ސީ އިން އޭޝިއާ ޕެސިފިކާއި، އީސްޓަރން ޔޫރަޕްގެ ޤައިމުތަކަށް އަމާޒުކޮށްގެން ހިންގާ ބައްދަލުވުމެކެވެ.

"ގްރީންހައުސް ގޭސް އިންވެންޓްރީ މެނޭޖްމަނޓް ވޯކްޝޯޕް"ގެ ނަމުގައި ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި ރާއްޖެ ހިމެނޭގޮތަށް 43 ޤައުމަކުން 66 މަންދޫބުން ބައިވެރިވެއެވެ.
މި ވޯކްޝޮޕްގެ އަމާޒަކީ ތިމާވެއްޓަށް ނުރައްކާވާ ގޭހުގެ ބާވަތްތައް ދެނެގަނެ އެކަންކަމާގުޅޭ ފުރިހަމަ މަޢުލޫމާތު މުޅިން ބެލެހެއްޓޭނެ ގޮތް ކަމާގުޅޭ ފަރާތްތަކަށް ދަސްކޮށްދިނުމެވެ. އެގޮތުން އެއްކުރާ މަޢުލޫމާތުތައް އަންނަ ބަދަލުތައް ދެނެގަނެ، ކުރިމަގަށް ފިޔަވަޅު އެޅުމުގައި ޤައުމުތަކަށް އެހީވުމެވެ.
"އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް" އައިޕީސީސީއާ ގުޅިގެން މަސައްކަތް ކުރެވޭނެގޮތާއި އައިޕީސީސީ އިންވެންޓްރީ ސޮފްޓްވެއަރ ތަޢާރަފްކޮށްދީ ބޭނުން ކުރާނެގޮތް މިމަސައްކަތު ބައްދަލުވުމުގައި ދަސްކޮށްދޭނެއެވެ.

ބައްދަލުވުން ފަށްޓަވައިދެއްވީ ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ނަސީރެވެ. މިނިސްޓަރ ވިދާޅުވީ މޮނިޓަރކުރެވޭނެ ވަސީލަތްތައް ޤިނަ ޤައުމުތަކުގައި ނެތްކަމަށެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިހާރުވެސް ބައެއް ޤައުމުތަކުގައި ގްރީންހައުސް ގޭސް ޖައްވަށް ބޭރުވާ މިންވަރު ކުޑަކުރުމަށް ކެމްޕެއިންތައްވެސް ހިންގާކަމަށެވެ. ރާއްޖޭގައިވެސް މިފަދަ ކެމްޕެއިންތައް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މީގެ ސަބަބުން މިފަދަ ގޭސްތަކުން ތިމާވެއްޓާއި ސިއްޙަތަށްކުރާ ގެއްލުން މީހުންނަށް އެނގި އެފަދަ ވަސީލަތްތައް ބޭނުންކުރުން މަދުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މައްސަލަ ޙައްލުކުރުމަށް ގޮންޖެހުންތައް އެބަހުރި. އެކަށީގެންވާ ދިރާސާ ހެދިފައެއް ނެތް. ޤައުމީ ފެންވަރުގައި މަޢުލޫމާތު އެކެއް ނުކުރެ. އެހެންކަމުން މި ދާއިރާއަށް އިންވެސްޓްކޮށް އިތުރަށް ރިސަރޗްތައް ހަދަންޖެހޭ." ޑރ.ޢަބްދުﷲ ނަސީރު ވިދާޅުވިއެވެ.

ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫ.އެން.އެފް.ސީ.ސީ.ސީގެ ސެކްރެޓެރިއޭޓް ވިލިއަމް އަގްވެމަންގ ބައިވެރިވެ ވެޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ ތިމާވެށި ޙިމާޔަތް ކުރުމަށްކުރާ މަސައްކަތުގައި ޔޫއެންގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތުގައި ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތައް ތަފާތު ނުކުރާނެކަމަށެވެ.

"މިފަދަ ވޯކްޝޮޕްގެ ސަބަބުން އެއްޤައުމުން ކުރާ މަސައްކަތްތައް އަނެއް ޤައުމާއި ހިއްސާކުރެވި، މަޢުލޫމާތު ލިބޭ. އަދި އެއްޤައުމު އަނެއްގަޢުމާއި ގުޅިގެން މަސައްކަތް ކުރުމަށްވެސްބާރަކަށެވެ." ވިލިއަމް އަގްވެމަންގ ވިދާޅުވިއެވެ.

މިމަސައްކަތު ބައްދަލުވުމައި، ބައިވެރިވި ޤައުމުތަކުން އެ ޤައުމެއްގައި ގްރީންހައުސް ގޭސް ޖައްވާ ބޭރުވާ މިންވަރު ދެނެގަންނަ ގޮތާއި، އަދި މިއާއި ގުޅިގެން ކުރާ މަސައްކަތްތައް ޙިއްސާ ކުރާނެއެވެ. މި ބައްދަލުވުމަކީ 5 ދުވަހަށް ކުރިއަށްދާ ބައްދަލުވުމެކެވެ.

މިމަސައްކަތު ބައްދަލުވުމައި، ބައިވެރިވި ޤައުމުތަކުން އެ ޤައުމެއްގައި ގްރީންހައުސް ގޭސް ޖައްވާ ބޭރުވާ މިންވަރު ދެނެގަންނަ ގޮތާއި، އަދި މިއާއި ގުޅިގެން ކުރާ މަސައްކަތްތައް ޙިއްސާ ކުރާނެއެވެ. މި ބައްދަލުވުމަކީ 5 ދުވަހަށް ކުރިއަށްދާ ބައްދަލުވުމެކެވެ..