ވިޔަފާރި

ޖޭ.ޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް ނޮވެމްބަރުމަހު ހުޅުވަނީ


ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓްސް އެންޑް ސްޕާ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ޖޭޑަބްލިއު މެރިއޮޓް ބްރޭންޑުން ރާއްޖޭގައި ހުޅުވާ 4 ވަނަ ރިސޯޓެވެ. މި ރިސޯޓް ތަރައްޤީކޮށްފައިވަނީ ށ.އަތޮޅު ވަގަރުގައެވެ.

މި ރިސޯޓްގައި 61 ވިލާ ހުންނާނެއެވެ. އަދި ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލްއެއް ހުންނާނެކަމަށް އެ ރިސޯޓުން މައުލޫމާތުދެއެވެ. ރިސޯޓް ހުޅުވާއިރު ޓްރީޓޮޕް ރެސްޓޯރެންޓެއްވެސް ހުންނާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ސީޕްލޭނެއްގައި މި ރިސޯޓަށް 55 މިނެޓުން ދެވޭނެއެވެ. މި ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ރާޅުޖަހާ ހިތްގައިމު އަޑުއަހާލަން ބޭނުންވާ ގެސްޓުންނަށް ޙާއްސަކޮށްގެން 32 ވިލާ ހުންނާނެކަމަށް އެ ރިސޯޓުން ބުނެއެވެ. އަދި މި ރިސޯޓުގައި ތަފާތު އެކި ކެއުންތަކަށް ޙާއްސަ 5 ރެސްޓޯރަންޓް ހުރެއެވެ.

ޖޭ.ޑަބްލިޔު މެރިއޮޓް ބްރޭންޑުން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރޭގައި މޯލްޑިވްސް ވޮއްމުލި ރިސޯޓްއާއި، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސަޕާގެ އިތުރުން ޑަބްލިޔު މޯލްޑިވްސް ހިމެނެއެވެ.