ޚަބަރު

ކިޑްސް ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން ބާއްވައިފި.


ކިޑްސް ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން ބާއްވައިފި.

އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ހެންވޭރު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް ފިއެސްޓާގެ ގުރުއަތު ނަގާފައިވަނީ ރާއްޖޭގެ އުފެދުނު އެންމެމޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤާއި، ޤައުމީ ޓީމުގެ އެންމެކާމިޔާބް ގޯލްކީއްޕަރު އިމްރާން މުހައްމަދު. މާލެ، ވިލިމާލެ، އަދި ހުޅުމާލޭގެ ސްކޫލުތަކުން ބައިވެރިވެގެން ބާއްވާ މިމުބާރާތަކީ 13 އަހަރުން ދަށަށް ހުޅުވާލައިގެން ބާއްވާ ޙާއްސަ މުބާރާތެއް.

މުބާރާތުގެ މެޗްތައް ކުރިއަށްދާއިރު، ސްޕެއިންގެ މަޝްހޫރު ފުޅުބޯޅަ ކުޅުންތެރިޔާ އަދި ރެއާލްމެޑްރިޑްގެ ލެޖެންޑް މިޝެއިލް ސަލްގާޑޯ ކުޅުންތެރިންނަށް އިރުޝަދުދިނުމުގައި ބައިވެރިވާނެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ހުޅުމާލޭ ރެހެންދި ސްކޫލާއި، އަރަބިއްޔާ ސްކޫލް.

ނޮކައުޓް ސިއްޓަމަށް ކުޅޭ މިމުބާރާތުގެ ކުއާޓާ ފައިނަލް މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ 12:15ގަ. ސެމީ ފައިނަލް މެޗުތައް 1:45ގައި ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 4:30ގައި. މިރޭގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ޖާޒީވަނީ ދައްކާލާފަ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ދުބާއީގެ ސްޕެނިޝް ސޮކާ ސްކޫލުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު، އެންމެ މޮޅު 8 ކުޅުންތެރިންނަށް ޤައުމީ ޓީމުގެ ސްކޮޑުން ޖާގަދިނުމަށް އެފްއޭއެމްއިން ވަނީ ނިންމާފަ.