ޚަބަރު

ސިއްޙީ ދާއިރާގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހިފުމަށް މިނިސްޓަރ ގޮވާލައްވައިފި


ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ ބޭނުންހިފާ ސިއްޙީ ދާއިރާގެ ލުއިފަސޭހަކަން އެންމެންނަށް ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ ދައުރު އިތުރުކުރުމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙު ޖަމާލް ގޮވާލައްވައިފިއެވެ.

މިނިސްޓަރ މަލީހު މިކަމަށް ގޮވާލެއްވީ، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2019 ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އަކީ ނިއުރޯ ސައިންސްގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރިސަރޗްތަކުގެ މަޢުލޫމާތު ހިއްސާކުރުމާއި، ދާއިރާގެ ތަޖުރިބާކާރުން އެއް ޕްލެޓްފޯމަކުން ބައްދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުން ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފަށާފައިވާއިރު، މި ކޮންފަރެންސްގެ ތެރެއިން ނިއުރޯސަރޖަރީގެ ދާއިރާއިން މުހިންމު އައު ކަންތައްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ސައިންޓިފިކް ޖަރނަލް އޭޑީކޭ ހޮސްޕިޓަލުން ވަނީ ތަޢާރަފްކޮށްފައެވެ. އަދި މީގެ އިތުރުން އެ ހޮސްޕިޓަލުން ތަރައްޤީކުރަމުންދާ ނިއުރޯ ސަރޖަރީއަށް ޚާއްޞަ އެޕާ ގުޅޭ މަޢުލޫމާތުވެސް ވަނީ ދީފައެވެ.

މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ މަލީހު ވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ހޯދާ ކުރިއެރުންތައް ސިއްޙީ ދާއިރާއިން ފެނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ ބޭނުންހިފާ ސިއްޙީ ދާއިރާގެ ލުއިފަސޭހަކަން އެންމެންނަށް ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ ދައުރު އިތުރުކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އެގޮތުން ފައިވް ޖީފަދަ ޚިދުމަތްތަކުގެ ފުރިހަމަ ބޭނުންހިފުމަށް މިިނިސްޓަރ ގޮވާލެއްވިއެވެ.

"ޓެކްނޮލޮޖީގެ ދާއިރާއިން ހޯދާ ކުރިއެރުންތަށް ސިއްޙީ ދާއިރާއިން ފެނުން މުހިންމު. އަޅުގަނޑުމެންނަށް އަދި ހޯދިފައިމިވަނީ ނުވަތަ އެކްސްޕްލޮއިޓް ކުރެވިފައި މިވަނީ ޓެކްނޮލޮޖީގެ ހެޔޮ ބަދަލުތަށް ކުޑަގޮތަކަށް. ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ ބޭނުންހިފާ ސިއްޙީ ދާއިރާގެ ލުއިފަސޭހަކަން އެންމެންނަށް ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ ދައުރު މުހިންމު." މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު އައްފާލް ވަނީ ނިއުރޯ ސަރޖަރީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވާފައެވެ. އައްފާލް ވަނީ މިހާތަނަށް އައިރު އޭޑީކޭއިން އެކަނިވެސް 938 ނިއުރޯ ސަރޖަރީ ހަދާފައިވާކަން ފާހަގަކުރައްވާފައެވެ. މި ކޮންފަރެންސްއަކީވެސް މިދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ކޮންފަރެންސްއެއްކަން ފާހަގަކުރައްވާ އައްފާލް ވިދާޅުވީ، މި ކޮންފަރެންސްގައި 33 ސްޕީކަރުން ސެޝަންތަކުގައި ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާއިރު، މި ކޮންފަރެންސްގެ ތެރެއިން 53 ކަރުދާހެއް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ކޮންފަރެންސްގައި ބައިވެރިވީ، 60 ބައިވެރިން، ދވަނަ ކޮންފަރެންސްގައި 160 އަދި މިއަދު މިއަދަދު މިވަނީ 300 އަށް އަރާފަ. މި ދައްކާދެނީ ކާމިޔާބީ. އަޅުގަނޑުމެން އެކަނިވެސް 938 ނިއުރޯ ސަރޖަރީ ކޮށްފައިވުމަކީވެސް ބޮޑު ކާމިޔާބީއެއް." އައްފާލް ވިދާޅުވިއެވެ.

މިމަހުގެ 17 އިން 19 އަށް ކުރިއަށްގެންދާ 3 ވަނަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ތެރެއިން ނިއުރޯސަރޖަރީގެ ޕްރެކްޓިކަލް ބައެއް ކުރިއަށްގެންދިޔަ އިރު، މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 300 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 އަށްވުރެ ގިނަ ޑޮކްޓަރުންނާއި، އެމްބީބީއެސް ކިޔަވަމުންދާ ދަރިވަރުންވެސް ވަނީ މި ކޮންފަރެންސްގައި ބައިވެރިވެފައެވެ. އެގޮތުން މެލޭޝިއާ، އެމެރިކާ، އޮސްޓްރޭލިއާ އަދި އަފްޣާނިސްތާނުފަދަ ޤައުމުތަކުންވެސް މި ކޮންފަރެންސްގައިވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އައްފާލް ވަނީ ނިއުރޯ ސަރޖަރީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވާފައެވެ. އައްފާލް ވަނީ މިހާތަނަށް އައިރު އޭޑީކޭއިން އެކަނިވެސް 938 ނިއުރޯ ސަރޖަރީ ހަދާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. މި ކޮންފަރެންސްއަކީވެސް މިދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ކޮންފަރެންސްއެއްކަން ފާހަގަކުރައްވާ އައްފާލް ވިދާޅުވީ، މި ކޮންފަރެންސްގައި 33 ސްޕީކަރުން ސެޝަންތަކުގައި ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާއިރު، މި ކޮންފަރެނސްގެ ތެރެއިން 53 ކަރުދާހެއް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ކޮންފަރެންސްގައި ބައިވެރިވީ، 60 ބައިވެރިން، ދވަނަ ކޮންފަރެންސްގައި 160 އަދި މިއަދު މިއަދަދު މިވަނީ 300 އަށް އަރާފަ. މި ދައްކާދެނީ ކާމިޔާބީ. އަޅުގަނޑުމެން އެކަނިވެސް 938 ނިއުރޯ ސަރޖަރީ ކޮށްފައިވުމަކީވެސް ބޮޑު ކާމިޔާބީއެއް." އައްފާލް ވިދާޅުވިއެވެ.

މިމަހުގެ 17 އިން 19 އަށް ކުރިއަށްގެންދާ 3 ވަނަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ތެރެއިން ނިއުރޯސަރޖަރީގެ ޕްރެކްޓިކަލް ބައެއް ކުރިއަށްގެންދިޔަ އިރު، މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 300 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 އަށްވުރެ ގިނަ ޑޮކްޓަރުންނާއި، އެމްބީބީއެސް ކިޔަވަމުންދާ ދަރިވަރުންވެސް ވަނީ މި ކޮންފަރެންސްގައި ބައިވެރިވެފައެވެ. އެގޮތުން މެލޭޝިއާ، އެމެރިކާ، އޮސްޓްރޭލިއާ އަދި އަފްޣާނިސްތާނުފަދަ ޤައުމުތަކުން މި ކޮންފަރެންސްގައިވަނީ ބައިވެރިވެފައެވެ.