ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޗައިނާއަށް ފުރާވަޑައިގެންފި


ޗައިނާ-ސައުތު އޭޝިޔާ އެކްސްޕޮޒިޝަން" ގެ ތިންވަނަ ބައްދަލުވުމާއި، "23 ވަނަ ކުންމިންގ އިމްޕޯޓް އެން ޑް އެކްސްޕޯޓް ކޮމޮޑިޓީޒް ފެއާ" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ފުރާވަޑައިގެންފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ ކުންފުނިތަކުގެ އިސްވެރިންވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.