ޚަބަރު

ހިންދީ ދީނީ ޙަފްލާއެއް ނުބާއްވާ - ކުޅުދުއްފުށީ ކައުންސިލް


ކުޅުދުއްފުށީ ސްކޫލެއްގައި އިންޑިޔާގެ ކެރެލާ ސްޓޭޓްގައި ފާހަގަކުރަމުންދާ ދީނީ އިޙުތިފާލެއް ބޭއްވިކަމަށް ބުނެ ފަތުރަމުންދާ ޚަބަރު ކުޅުދުއްފުށީ ކައުންސިލުން ދޮގުކޮށްފި އެވެ. މީސް މީޑިއާގައި ޚަބަރުތައް ފެތުފައިވަނީ އެރަށު އަމީރު އަމީން ސްކޫލުގައި މިފަދަ ޙަފްލާއެއް ކުރިއަށްދިޔަކަމަށެވެ.

ކުޅުދުއްފުށީގައި ދިރިއުޅޭ އިންޑިޔާ ޓީޗަރުންތަކެއް އިސްނަގައިގެން އަމީރު އަމީން ސްކޫލްގައި މިދިޔަ ހުކުރު ދުވަހު ބޭއްވި "ގެޓް ޓުގެދާ" ގެ ފޮޓޯތަކެއް ޢާއްމުކޮށް ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެއީ ދީނީ ޙަފްލާއެއް ކަމަށް ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅެއް ގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅަކު މީސްމިޑިޔާގައި ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު މެންދުރު އަމީރު އަމީން ސްކޫލުގެ ތެރޭގައި އިންޑިޔާގެ ހިންދޫ ދީނު އިޙުތިފާލެއް ވަރަށް އަލިގަދަ، ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދީނާ ޚިލާފު އެފަދަ އެއްވެސް ކަމެއް ސްކޫލުގައި ހިންގާފައިނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގެ ކުރިން އެކަމެއްގެ ތެދު ދޮގު ސާފު ކުރެއްވުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުޅުދުއްފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި މަސައްކަތްކުރާ އިންޑިޔާގެ ޓީޗަރުން ތަކެއް އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ޙަފްލާ ކުރިއަށް ގެންގޮސްފައިވަނީ ސްކޫލްގެ ހުއްދައާއެކު ކަމަށެވެ. ސްކޫލުން ހުއްދަ ދިނީ އިސްލާމް ދިނާ ފުށު އަރާގޮތަށް ޙަރަކާތްތަޢް ނުހިންގުމަށް އަންގައި މިފަަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ލިޔުމަކުން ހޯދުމަށްފަހުގައި ކަމަށެވެ. މި ޙަފްލާގެ މަޤްޞަދަކަށް ވެފައިވީ ޓީީޗަރުން ތަކެއް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމާއެކު ކެއުމެއް ބެއްވުން ކަމަށް މިކަމަށް އެދުނުމީހުން ބުނެފައިވާ ކަމަށްވެސް މިބަޔާނުގައި ވެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ އެމީހުން ސްކޫލް ހިފާފައިވަނީ މިދިޔަ ހުކުރުދުވަހު ހެނދުނު 8 ން ހަވީރު 4 ކަމަށެވެ. އަދި ކެއުން ކުރިއަށްގެންދިޔައީ މެންދުރު 1:15 އިން ފެށިގެން ކަމަށެވެ. އެ ކެއުމުގައި ދިވެހިންގެ ބައެއް ޓީޗަރުން ވެސް ބައިވެރިވި ކަމަށާ އެއީ ދަޢުވަތު އަރުވައިގެން ދިޔަ މީހުންކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ސްކޫލުތަކުގައި ވަޒީފާ އަދާކުރާ މީހުންކަންވެސް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ.

އެ ހަފްލާގައި ޙަރަކާތްތެރިވި އިންޑިޔާއަށް ނިސްބަތްވާ މުސްލިމަކު ބުނީ އެތަނުގައި ދީނީ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އެތަނުގައި އުޅުނު މުސްލިމުން ހުކުރަށް ވެސް ދިޔަކަމުގައެވެ.

ދީނީ ކަމެއްކަމަށް ދިވެހިންނަށް ހީވީ އެތަނުގައި މާ ބޭނުންކޮށްގެން ހަދާފައިވާ ޑިޒައިނެއް ހުރުމުން ކަމަށް ޙަފްލާގައި ބައިވެރިވި ބިދޭސީ މުސްލިމަކު ބުނެއެވެ. އޭނާ ބުނީ މާ ބޭނުންކޮށްގެން ޑިޒައިނެއް ހެދީ ދަޢުވަތުދީގެން ވަޑައިގަންނަވާ ބޭ ބޭފުޅުންނަށް މަރްޙަބާ ދެންނެވުމުގެ ގޮތުން ކަމަށާއި އެކަމުގެ ހުއްދައަށް އެދި ފޮނުވި ސިޓީގައިވެސް ހިމަނާފައިވާ ކަމަށެވެ.

އެ ޙަފްލާ ބޭއްވުމުގައި އިސްކޮށް އުޅުނު ބައެއް ޓީޗަރުން ބުނީ މީގެ ކުރިންވެސް މިފަދަ ޙަފްލާ ބާއްވާފައިވާ ކަމަށާއި، ކުރިންވެސް އެގޮތަށް "ގެޓް ޓު ގެދާރ" ބާއްވާފައިވާކަމަށެވެ. އަދި އަމީރު އަމީން ސްކޫލުގައި ޙަފްލާ ކުރިއަށްދިޔައީ އެދުވަހު އެއްވެސް ސްކޫލެއްގެ ހޯލް ނުލިބުމުން ކަމަށާއި. މީގެ ކުރިން "ގެޓް ޓް ގެދަރ" ބާއްވަމުން ދިޔައީ ސަރުކާރު ސްކޫލްތަކުގެ ހޯލްގައި ކަމަށް .