ޚަބަރު

އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ނޫސްވެރިންނަށް އެވޯޑު ދީފި


ނޫސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ނޫސްވެރިންނަށް އެވޯޑު ދީފިއެވެ.

2018 ވަނަ އަހަރު ނޫސްވެރިކަމުގެ ތަފާތު ދާއިރާތަކުން އެންމެ ފާހަގަކޮށްލެވޭ ނޫސްވެރިންނަށް އެވޯޑު ދީފައިވަނީ ދިވެހި ނޫސްވެރިކަމުގެ އިނާމު ދިނުމަށް ބޭއްވި ޚާއްސަ ޖަލްސާގައެވެ. އެހެން އަހަރުތަކާއި ޙިލާފަށް މިއަހަރުގެ އެވޯޑު ހަފްލާގައި ޕްރިންޓް އޮންލައިން މީޑިއާ އަދި ބްރޯޑްކާސްޓިން މީޑިއާއިން ފާހަގަކޮށްލެވޭ ނޫސްވެރިންނަށް ވަކިވަކިން އެވޯޑު ދީފައިވެއެވެ.

މިއަހަރު އެވޯޑު ލިބުނު ނޫސްވެރިންނަކީ:

  • އެންމެ އުންމީދީ ނޫސްވެރިޔާ - ނަޖާޙު މަސްއޫދު، ސަން އޮންލައިން
  • އެންމެ މޮޅު ފޮޓޯ ޖަރނަލިސްޓްގެ އެވޯޑް - ޙުސައިން ވަހީދު، މިހާރު ނޫސް
  • ވިޔަފާރިޔާއި އިޤްތިޞާދުގެ ދާއިރާއިން - މުޙައްމަދު އަފްރާހު، އަވަސް
  • ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން - ނާޒިމް ހަސަން، އަވަސް
  • ކުޅިވަރުގެ ދާއިރާއިން - މުޙައްމަދު ހަމްދޫން، މިހާރު
  • ސިޔާސީ ދާއިރާއިން - ފަޒީނާ އަހުމަދު، މިހާރު އަދި
  • މުރުޝިދު ޢަބްދުލް ހަކީމް - ރާއްޖެ ޓީވީ
  • ފީޗަރ ލިޔުމުގެ ދާއިރާއިން - މުޙައްމަދު ހަމްދޫން، މިހާރު އަދި ހުސައިން ހަސަން ރާއްޖެ ޓީވީ
  • އިޖުތިމާއި ދާއިރާ - އާސިޔަތު މުހަންމަދު ސައީދު، މިހާރު އަދި އައިމިނަތު އަމީނާ ވީޓީވީ

ނޫސްވެރިކަމުގެ ދާއިރާއިން 2018 ވަނަ އަހަރުަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި މި ޙަފްލާގައި ނޫސްވެރިކަމުގެ ރަން ގަލަން، ނޫސްވެރިކަމުގެ އަލިމަސް ގަލަން އަދި ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަންވެސް އަރުވާފައި ވެއެވެ.