ޚަބަރު

މިނިސްޓަރު ޢަބްދުﷲ ޝާހިދު ޖިއްދާއަށް ފުރާވަޑައިގެންފި


ފަލަސްތީންގެ މައްސަލާގައި އޯއައިސީގެ ފަރާތުން ބާއްވާ ޚާރިޖީ ވަޒީރުންގެ އިމަޖެންސީ ކުއްލި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ސަޢުދީ ޢަރަބިއްޔާގެ ޖިއްދާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މިއަދު ފެށުމަށް ހަމަޖެހިފައިވާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފުރައިވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރިހުގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލުވެސް ބައިވެރިވެވަޑައިގަތެވެ.

ޔަހޫދީ ދައުލަތް އިސްރާއީލުގައި އަންނަ ހަފްތާގައި އޮންނަ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އިސްރާއީލުގެ ތަނަކަށް ހަދާނެކަމަށް އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަން ޔާހޫ ބުނި ބުނުމާގުޅިގެން މަސްރަހުވަނީ ވަރަށްބޮޑަށް ހޫނުވެފައެވެ.

ނަތަންޔާހޫގެ މިވާހަތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ދިވެހިސަރުކާރުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީ އިޤްސާދީ ސަރަހައްދުތަކުގެ ތެރެއިން ފަލަސްޠީނުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބިމެއް ގަދަބާރުން އެހެން ދައުލަތަކުން ނުވަތަ ޤައުމަކުން ނެގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫންކަމަށާ، އަދި އެފަދަކަމަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާވެސް މުޅިން ޚިލާފު ކަމެއްކަމަށެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނާއެކުކަމަށެވެ.