ޚަބަރު

ލ. ގަމުގައި ފެންގަނޑަކަށް ވެއްޓުނު 2 އަހަރުގެ ކުޑަކުއްޖާގެ ހާލު ސީރިއަސް


ލ. ގަމުގައި ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ކުއްޖާގެ ހާލު ސީއަސްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ލ.ގަމު ގެއެއްގެ ގޯތިތެރޭގައި ހުރި މަސް ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ މި ކުޑަ ފިރިހެން ކުއްޖާގެ ހާލު ސީރިއަސްވެ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެކުއްޖާ ނޭވާލަމުންދަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ. އަދި އިތުރު ފަރުވާ ދިނުމަށްޓަކައި އެކުއްޖާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އެކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، މިމައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.