ޚަބަރު

އައިއެންއައިއޭ ގައި ވެލްނަސް ސެންޓަރއެއް ހުޅުވައިފި


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި، ވެލްނަސް ސެންޓަރއެއް
ހުޅުވައިފިއެވެ.



އެއަރޕޯޓްގެ ޕްލާޒާ ޕްރިމިއަމް ލައުންޖްގައި މިވެލްނަސް ސެންޓަރ
ހުޅުއްވައިދެއްވީ އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ އަދި
ޕްލާޒާ ޕްރިމިއަމްގެ ސީއީއޯ ސޮން ހޮއި ސީއެވެ.



ވެލްނަސް ސެންޓަރުން ލިބެން ހުންނާނެ ޚިދުމަތްތަކުގެތެރޭގައި ހެޑް
މަސާޖްއާއި، ފެންވަރާ ރީތިވެވޭނެ އިންތިޒާމާއި، ވައިފައި ޚިދުމަތްވެސް ހިމެނެއެވެ.



މިވެލްނެސް ސެންޓަރާ ބެހޭގޮތުން މަޢުލޫމާތުދެއްވަމުން ޕްލާޒާ ޕްރިމިއަމްގެ
ސީއީއޯ ސޮން ހޮއި ސީ ވިދާޅުވީ ވެލްނަސް ސެންޓަރއެއް މިހުޅުވީ އިބްރާހިމް ނާސިރު
އިންޓަރނޭޝަނަލް އެއަރޕޯޓަކީ ގިނަ އަދަދެއްގެ ފަސިންޖަރުން އަންނަ
އެއަރޕޯޓެއްކަމަށްވުމާއެކު ދަތުރު ފެށުމުގެ ކުރިން ފަސިންޖަރުންނަށް ލިބިގަނެވޭނެ
ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށެވެ. މިތަނުން ދެ ޕެކޭޖެއްގެ ދަށުން
ޚިދުމަތްތައް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.



ކުރިއަށްއޮތްތާގައިވެސް ޕްލާޒާ ޕްރިމިއަމްގެ ފަރާތުން އިބްރާހިމް ނާސިރު
އިންޓަރނޭޝަނަލް އެއަރޕޯޓްގައި އިތުރު ޚިދުމަތްތައް ދިނުމަށް މަސައްކަތްކުރާނެކަމަށް
ޕްލާޒާ ޕްރިމިއަމުން ބުނެއެވެ.