ސިޔާސީ

ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ފާރިސް ހުވާކުރައްވައިފި


މިމަހުގެ ހަވަނަ ދުވަހު ބޭއްވި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން
ކާމިޔާބުކުރެއްވި އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ
މެމްބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.މިއަދު ހަވީރު 4:00 ޖެހިއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވި
ރަސްމިއްޔާތުގައި ހުވައިލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ
ސަޢީދުއެވެ.           މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ
މަނިކާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން
ޙުސައިން މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ.އިލެކްންޝަންސް
ކޮމިޝަނުން މިއަދު އިޢްލާންކުރި ރަސްމީ ނަތީޖާގައިވާގޮތުން ފާރިސް ދިއްގަރު
ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެއްހާސް ދުއިސައްތަ ތިރީސް އަށް ވޯޓު
ހޯއްދަވައިގެންނެވެ. މި ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި
ކެންޑިޑޭޓް  ޝަމީމް އަލީއަށް ލިބިވަޑައިގަތީ
ފަންސާސް ދެ ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް މޫސާ ނަސީރު
އަޙުމަދަށް ލިބިވަޑައިގަތީ އެއްތިރީސް ވޯޓެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި
ކެންޑިޑޭޓް އަޙުމަދު ރާޒީއަށް ލިބިވަޑައިގެންނެވީ ހަތްސަތޭކަ ފަސްދޮޅަސް ތިން ވޯޓެވެ.