ޚަބަރު

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވި މީހުންނަށް ޖަވާބު ދޫކުރަން ފަށައިފި


ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވި މީހުންނަށް އިސްލާމިކް މިނިސްޓްރީން ޖަވާބުދޫކުރަން ފަށައިފިއެވެ.

ދަފްތަރުގައި ރަޖިސްޓްރީވި މީހުންނަށް ޖަވާބުދޫކަން ފަށާފައިވަނީ އިއްޔެއެވެ. މިނިސްޓްރީން މިހާރު ޖަވާބު ދޫކުރަމުންގެންދަނީ 15 ޖުލައި އިން 1 އޮގަސްޓް 2019 އަށް މާލެއިން ފޯމު ހުށަހެޅި ފަރާތްތަކަށެވެ. އިއްޔެ ޖަވާބު ދޫކުރުން މިނިސްޓްރީގެ ހޯލުގައި ކުރިއަށްދިޔައިރު އާދިއްތަ ދުވަހުން ފެށިގެން ޖަވާބު ދޫކުރުން ކުރިއަށްދާނީ މިނިސްޓްރީގެ ރިސެޕްޝަނުން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް 15 ޖުލައި އިން 1 އޮގަސްޓް 2019 އަށް މާލެއިން ފޯމު ހުށަހެޅި ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 15،16،17 ހުޅުވާލެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ޖުލައިމަހުގެ ތެރޭގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމަށް މިދިޔަ އޭޕްރީލްމަހުގެ 2އިން 28އަށް ހުޅުވާލި ފުރުޞަތުގައި ފޯމު ހުށަހަޅާފައިނުވާ ފަރާތްތަކާއި އެކި ސަބަބުތަކާހެދި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިނުވާ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ޝަކުވާ އެމިނިސްޓްރީއަށް ލިބިފައިވާތީ އަލުން ދަފުތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައެވެ. ނަމަވެސް މިހާރު އެ މުއްދަތުވަނީ ހަމަވެފައެވެ.