ދުނިޔެ

ސޫރިޔާގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ގޮވާލައިފި


ސޫރިޔާގެ ދާޚިލީ ހަނގުރާމަ
ނިމުމަކަށް ގެނައުމަށްޓަކައި، އިދިކޮޅު ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލު
ތަފާތުވުން ނިމުމަކަށް ގެނައުމަށް އަރަބް ލީގްގެ ސެކްރެޓަރީ ޖެނެރަލް ނަބީލް
އަލް-އަރާބީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކައް ގޮވާލައްވައިފިއެވެ.



ސޫރިޔާގެ އިދިކޮޅު
އިއްތިހާދުގެ ބައިވެރިންނާއި އެކު މިހާރު މިޞްރުގެ ވެރިރަށް ޤާހިރާގައި ކުރިޔަށްދާ
މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން އަރާބީ ވިދާޅުވީ، ސޫރިޔާގެ ދާޚިލީ
މައްސަލަ އަށް އަވަސް ޞުލްހަވެރި ސިޔާސީ ޙައްލެއް ގެނައުމަށް އަރަބި ލީގް
މެދުވެރިވެ މަސައްކަތް ކުރާތާ ހަތަރު އަހަރުވެއްޖެ ކަމަށާއި، މި ދިގު މާޒީގައި
އެކަށީގެންވާ ނަތީޖާއެއް ނުނެރެވުނީ، ސޫރިޔާގެ ރައްޔިތުން ތަމްސީލް ކުރާ އިދިކޮޅު
ފަރާތްތައް އެއްގަލަކަށް ނޭރިގެން ކަމަށެވެ.



އަރާބީ ވިދާޅުވީ
ސޫރިޔާގެ މައްސަލަ ޙައްލުކޮށް އެޤައުމަކީ އެޤައުމުގެ ރައްޔިތުންނަށް މިނިވަންކަމާއި
އެކު އުޅެވޭ ތަނަކަށް ހެދުމަށް އެންމެ ފުރަތަމަ ހަނގުރާމަ ހުއްޓާލަން ޖެހޭ
ކަމަށާއި،މިކަން ވާން އޮތީ މިކަމުގައި ޝާމިލްވާ ފަރާތްތަކައް މިކަމާއި ފުންކޮށް
ވިސްނާ ގޮތް ދޫކޮށް އެއް އަމާޒަކަށް ވާޞިލްވުމަށް ހަރުދަނާ މަސައްކަތްތަކެއް
ކޮށްގެން ކަމަށެވެ.