ދުނިޔެ

ސޫރިޔާއާއި މިސްރުގެ ހާރިޖީވަޒީރުން ބައްދަލުކުރައްވައިފި


މިޞްރަށް މިހާރު
ވަޑައިގެން އުޅުއްވާ ލީބިޔާގެ ޚާރިޖީ ވަޒީރު މުޙައްމަދު ދައިރީ މިޞްރުގެ ޚާރިޖީ
ވަޒީރު، ސާމިހް ޝުކްރީއާ ބައްދަލު ކުރައްވައިފިއެވެ.



މިޞްރުގެ ވެރިރަށް
ޤާހިރާގައި ބޭއްވި މިބައްދަލުވުމުގައި ދެބޭފުޅުން މައިގަނޑުގޮތެއްގައިމަޝްވަރާ
ކުރެއްވީ ލީބިޔާގެ ސަލަމަތީ ކަންތައްތަކާއި ބެހޭ ގޮތުންނާއި ލީބިޔާއަށް
ކުރިމަތިވެފައިވާ ދާޚިލީ މައްސަލަތަކުގައި މިޞްރަށް އެހީތެރިވެވިދާނޭ ދާއިރާތަކާއި  ބެހޭ ގޮތުންކަމަށް ޚަބަރު ލިބެއެވެ.



މިޞްރުގެ ޚާރިޖީ ވަޒީރުގެ
ވާހަކަފުޅުގައި ވިދާޅުވީ ލީިބިޔާގެ މައްސަލައަށް ސިޔާސީ އަވަސް ޞުލްޙަވެރި
ޙައްލެއް ގެނެވިދާނޭކަމަށް އުންމީދު ކުރައްވާކަމަށެވެ.



ލީބިޔާގެ ޚާރިޖީ ވަޒީރުގެ
ވާހަކަފުޅުގައި ލީބިޔާއަށް އައި.އެސް ހަނގުރާމަވެރިންގެ ނުރައްކާ ވަރަށް ބޮޑުކަން
ފާޅުކުރައްވާ އައި.އެސް ގެ ކިބައިން ސަލާމަތް ވުމަށް ކުރަމުންދާ މަސައްކަތުގައި
މިޞްރުން ވެދޭ އެހީތައް ފާހަގަ ކުރައްވާ މިޞްރުގެ ސަރުކާރަށް ޝުކުރު އަދާ ކުރެއްވިއެވެ.



ސިޔާސީ އޮއިވަރުގެ
ތެރޭގައި ލީބިޔާގައި ހަމަނުޖެހުން އުފެދިގެން އައީ 2014 އިގެ މެދުތެރޭގައެވެ.



މިޞްރު ލީބިޔާގެ ދާޚިލީ
ކަންތަކުގެ ތެރެއަށް ވަންނަން ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެެރޭގައި
ލީބިޔާގެ 21 ޔަހޫދީންނެއް އައި.އެސް އިން ޤަތުލްކޮށްލުމާއި ގުޅިގެންނެވެ.