ދުނިޔެ

ސޫރިޔާ ސިފައިން ދިން ހަމަލާއެއްގައި 67 މީހުން މަރުވެއްޖެ


ސޫރިޔާ ސިފައިން
އެޤައުމުގެ ޚިމްސާއި އިދްލީބް އަވަށަށް އިއްޔެގެ ވަގުތުތަކުގައި ދިން އަސްކަރީ
ޙަމަލާތަކެއްގައި އާއްމުންގެ 67 މީހުން މަރުވެއްޖެއެވެ.



ސޫރިޔާގެ މަޞްރަޙް
ގާތުން ބަލަމުންދާ "ސީރިއަން އޮބްޒަވޭޓަރީ ފޯރ ހިއުމަން ރައިޓްސް" އިން
ބުނާ ގޮތުގައި،ހުޅަނގު އިދްލީބް އަވަށުގެ އަލް-ޖަނޫދިއްޔާ އަވަށަށް ސޫރިޔާ
ސިފައިން ދިން ވައިގެ ޙަމަލާތަކުގައި މަރުވި އާއްމުންގެ ތެރޭގައި 10 އަންހެނުންނާއި
6 ކުޑަކުދިންވެސް ހިމެނެއެވެ.



މީގެ އިތުރުން އުތުރު
ޚިމްސް އަވަށުގެ އަލް-ރުސްތާން ސިޓީއަށް ސޫރިޔާ ސިފައިން ދިން ވައިގެ އަސްކަރީ
ޙަމަލާއެއްގައި އެކަނިވެސް އާއްމުންގެ 18 މީހުން މަރުވެފައިވާކަމަށްވެސް ސީރިއަން
އޮބްޒަވޭޓަރީ ފޯރ ހިއުމަން ރައިޓްސްއިން ވަނީ ބުނެފައެވެ.