ޚަބަރު

"ނިރުބަވެރި ފިކުރުތަކުން ސަލާމަތްވުމަށް" ފޯރަމެއް ބާއްވަނީ


"ނިރުބަވެރި ފިކުރުތަކުން ސަލާމަތްވުމަށް" މިނަމުގައިފޯރަމެއް ބާއްވަން ނިންމައިފިއެވެ.

ނިރުބަވެރިކަމަށް ނުވަތަ ޓެރަރިޒަމަށް މަގުފަހިކޮށްދޭ ކަންތައްތަކާ ބެހޭގޮތުން ބާއްވާ މިމަޝްވަރާ ބައްދަލުުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14ވަނަ ދުވަހުގެރޭ 8:30އިން 10:39އަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި، ސޮސައިޓީ އޮފް ޝަރީއާ އެންޑް ލޯގެއިތުރުން މާލްދީބް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ މިފޯރަމް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސީއޭ އޮޑިޓޯރިއަމްގައެވެ.

މި ފޯރަމްގައި ސުވާލާއި ޖަވާބު ސެޝަންވެސް ކުރިއަށްދާނެއެވެ. އައްޝައިޙް މުޙައްމަދު އަނިލް ބައިވެރިވެވަޑައިގަންނަވާ މިފޯރަމަކީ ދަރިވަރުންނާއި ޢާންމުންނަށްވެސް ހުޅުވާލައިގެން ކުރިއަށްގެންދާ ފޯރަމެކެވެ.